ރިއޯ ޕެރައޮލިމްޕިކްސްގައި ވާދަކުރި ނުކުޅެދުންތެރި ބައިސްކަލް ދުއްވުންތެރިއަކު ވެށްޓި މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ރިއޯ ޕެރައޮލިމްޕިކްސްގައި ވާދަކުރި ނުކުޅެދުންތެރި ބައިސްކަލް ދުއްވުންތެރިއަކު ވެށްޓި މަރުވެއްޖެ
ބްރެޒިލްގައި މިހާރު ކުރިއަށްދާ ޕެރައޮލިމްޕިކްސްގައި ނުކުޅެދުންތެރިކަން ހުންނަ ބައިސްކަލް ދުއްވުންތެރިންގެ ބައިގައި ވާދަކުރި ބައިސްކަލް ދުއްވުންތެރިއަކު ވެށްޓި މަރުވެއްޖެއެވެ.

ހޮނިހިރު ދުވަހު މަރުވީ 2 ގަޑިއިރު ދުއްވަން ޖެހޭ ސީ 45 ރޭހުގައި ވާދަކުރި އީރާނުގެ ރައްޔިތެއްކަމަށްވާ އުމުރުން 48 އަހަރުގެ ބަހްމާން ބުލްބަރްނަޒްހާދުއެވެ. އޭނާ ވަނީ ޕެރައޮލިމްޕިކްސްގައިވެސް ބައެއް ރޭސްތައް ދުއްވައިފައެވެ. އަދި އޭނާ އަކީ ބައިނަލްއަޤްވާމީ މިފަދަ ރޭސްތައް ދުއްވައި ކާމިޔާބީތައްވެސް ހާޞިލުކޮށްފައިވާ އެތްލީޓެކެވެ.

މިރޭހުގައި ވާދަކުރަނީ ނުކުޅެދުންތެރި ކޮންމެވެސް ސިފައެއް ހުންނަ، ނަމަވެސް މޮޅު ބައިސްކަލް ދުއްވުންތެރިންނެވެ. އޭނާ ބެށްޓުމުން ވަގުތުން ފަރުވާދިނުމާއިއެކު ހޮސްޕިޓަލަށްވެސް ގެންދެވުނެވެ. ނަމަވެސް ފަރުވާދެމުން ދަނިކޮށް ނިޔާވީއެވެ. ބެލެވޭގޮތުން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އޭނާ ވަނީ މަރުވެފައެވެ. މަރުވީ ހިތުގެ މައްސަލައެއްގައެވެ.

މިއީ ރިއޯ އޮލިމްޕިކްސްގައި ވާދަކުރަނިކޮށް މަރުވި ފުރަތަމަ އެތްލީޓެވެ.
މިއަދު އޮންލައިން