ބޮންތަކާއި ބޮން ހަދަން ބޭނުންކުރާ ގިނަ އަދަދެއްގެ ވަސީލަތްތަކާއިއެކު 17 މީހަކު ސައުދިއަރަބިޔާއިން އަތުލައިގެންފިއެވެ.
ސައުދީ ހޯމް މިނިސްޓްރީން ބުނީ މީގެތެރޭގައި ހިމެނެނީ ސައުދީ 14 ރައްޔިތަކާއި ޔަމަނުގެ މީހަކާއި މިޞުރު މީހަކާއި އަދި ފަލަސްޠީނުގެ މީހެއް ކަމަށެވެ. މިއެންމެންގެ ނަންތައްވެސް މިހާރު ވަނީ ހާމަކޮށްފައެވެ. އެއިގެ ތެރޭގައި ސައުދީ އަންހެނަކުވެސް ހިމެނެއެވެ.
ހޯމް މިނިސްޓްރީން ބުނީ މިމީހުން ރާވަމުން ގެންދިއައީ އާންމުން ގިނައިން އެއްވެ އުޅޭ ތަންތަނަށާއި ސަލާމަތީ ބާރުތަކަށާއި ދީނީ އިލްމުވެރިންނަށާއި ސިފައިންގެ އިސް އޮފިސަރުންނަށާއި އިޤްޠިޞާދީ ހަރަކާތްތައް ހިންގާ ތަންތަނަށް ހަމަލާތައް ދިނުމަށް ކަމަށެވެ.
ފުލުހުން ބުނީ މި ތަކެތި ފޯރުކޮށްދީ ބޮން ހަދާނެ ގޮތް ދަސްކޮށްދެމުން ގެންދަނީ އައިއެސްގެ ބައިނަލްއަޤްވާމީ ގޮފިން ކަމަށެވެ.