ހަލްބަށް އެހީގެ ތަކެތި ހިފައިގެންދިއަ ޤާފިލާއަކަށް ހަމަލާ ދިނުމުން 12 ދަރުމަވެރިންނާ ޑްރައިވަރުން މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ހަލްބަށް އެހީގެ ތަކެތި ހިފައިގެންދިއަ ޤާފިލާއަކަށް ހަމަލާ ދިނުމުން 12 ދަރުމަވެރިންނާ ޑްރައިވަރުން މަރުވެއްޖެ
އެހީގެ ތަކެތި ހިފައިގެން ސީރިޔާގެ ޙަލްބަށް ދަތުރުކުރި ޤާފިލާއަކަށް ހަމަލާ ދިނުމުން 12 ރެޑް ކްރެސެންޓުގެ 12 ދަރުމަވެރިންނާއި ވެހިކަލްތަކުގެ ޑްރައިވަރުން މަރުވެއްޖެއެވެ.

އދ އިން ބުނީ އެހީގެ ތަކެތި ހިފައިގެން ހޯމަ ދުވަހު ދަތުރުކުރި 31 ޓްރަކުގެ ތެރެއިން 18 ޓްރަކް މި ހަމަލާގައި ހަލާކުވެފައިވާ ކަމަށެވެ. އދގެ މަންދޫބު ބުނީ މި ހަމަލާއަކީ ޤަޞްދުގައި ދީފައިވާ ހަމަލާއެއްކަން ސާބިތުކުރެވިއްޖެނަމަ ހަނގުރާމައިގެ ޖަރީމާ ހިންގުމުގެ ދައުވާ އުފުލާނެ ކަމަށެވެ.

ސީރިޔާގެ ކަންކަން ބަލަހައްތަމުންދާ ޖަމާއަތުން ބުނެފައިވަނީ ހަމަލާ ދިނީ ސީރިޔާ އިންކަން ނުވަތަ ރަސިއާ އިންކަން އަދި ޔަޤީން ނުކުރެވޭ ކަމަށެވެ. އަދި މިހަމަލާގައި 36 މީހަކު މަރުވެފައިވާ ކަމަށެވެ.

ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑައިލުމަށާއި ސީރިޔާގައި ބަނޑަށް ޖެހިފައިވާ ސަރަހައްދުތަކަށް އެހީގެތަކެތި ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތްތައް ދަނީ ފެއިލްވަމުންނެވެ.
މިއަދު އޮންލައިން