އިންޑިއާގެ ޖައްމޫ ކަޝްމީރުގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރަން މަޝްވަރާ ކުރުމުގެ ބަދަލުގައި ހައްލުކުރެވޭނީ ބާރުގެ ބޭނުންކޮށްގެން ކަމަށް އިންޑިއާގެ 3/2 ރައްޔިތުން ތާއީދުކުރާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މިކަން ހާމަވެފައިވަނީ ދަ އެނުއަލް ޕިވް ރިސަރޗް ސެންޓަރުން ކުރި ދިރާސާއެއްގައެވެ.
މީގެ އިތުރުން މިސަރވޭގައި ބައިވެރިވި މީހުންގެ 80 އިންސައްތަ ބުނެފައިވަނީ އިންޑިއާގެ އިޤްޠިޞާދަށް ރަނގަޅު ބަދަލުތަކެއް އަންނަމުންދާ ކަމަށާއި ބޮޑުވަޒީރު މޯދީގެ އިޤްޠިޞާދީ ސިޔާސަތު އަންނަނީ ކާމިޔާބުވަމުންކަމަށް ޤަބޫލުކުރާ ކަމަށެވެ.
2015 ވަނަ އަހަރު ކުރި ސަރވޭގައި މޯދީއަށް ތާއީދުކުރާ މީހުންގެ ނިޞްބަތް 87 އިންސައްތައިގައި ހުރި ނަމަވެސް މިސަރވޭގައި މޯދީއަށް ތާއީދުކުރާ މީހުންގެ ނިޞްބަތް ވަނީ 81 އިންސައްތައަށް ދަށްވެފައެވެ.