ޕައިލެޓް އިމަރޖެންސީ ފިތަށް ދެ ފަހަރު ފިތުމުން ނުރައްކާކަމަށް ބަލައި ސައުދީ ފްލައިޓެއް ޗެކުކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ޕައިލެޓް އިމަރޖެންސީ ފިތަށް ދެ ފަހަރު ފިތުމުން ނުރައްކާކަމަށް ބަލައި ސައުދީ ފްލައިޓެއް ޗެކުކުރަނީ
ޕައިލެޓަށް އޮޅިގެން އިމަރޖެންސީ ފިތަށް ދެ ފަހަރު ފިތުމުން ނުރައްކާވެއްޖެކަމަށް ބަލައި ސައުދީ އެއާލައިންގެ ފްލައިޓެއް އެކަހެރިކޮށް ފިލިޕިންސް އެއާޕޯޓުގައި ޗެކުކުރަމުން އެބަގެންދެއެވެ.

އެއާޕޯޓުން ބުނީ ނުރައްކާތެރިހާލަތުގައި ޖަހާ ރަނގަބީލު ޖަހާފައިވަނީ ފްލައިޓު ޖެއްސުމުގެ 30 މިނިޓްކުރިން ކަމަށެވެ. "އެހެންކަމުން ފްލައިޓް ޖެއްސުމުން އަހަރެމެން ވާނީ ފްލައިޓް އެކަހެރި ތަނަކަށް ގެންގޮސް ޕާކުކުރުވާފަ. އަހަރެމެން އަދިވެސް މިދަނީ ޗެކުކުރަމުން" އެއާޕޯޓް އޮފިޝަލަކު ބުނެފައިވެއވެެ.

ޕައިލެޓް ބުނީ އޮޅުމަކުން އޭނާއަށް ދެފަހަރު އިމަރޖެންސީ ރަނގަބީލުގެ ފިތަށް އޮބައިލެވުނު ކަމަށެވެ. އަދި އެއީ އެއްވެސް ކަމެއް ކުރިމަތިވެގެން ކުރެވުނު ކަމެއް ނޫން ކަމަށެވެ.

އެހެންކަމާއިއެކުވެސް އެއާޕޯޓުން ބުނީ ފްލައިޓް ދޫކުރެވޭނީ ޗެކުކުރަން ޖެހޭވަރަށް ޗެކުކުރުމަށްފަހުގައި ކަމަށެވެ.

ފްލައިޓުން ދަތުރުކުރި 400 ފަސިންޖަރުން ވަނީ ދޫކޮށްލައިފައެވެ.
މިއަދު އޮންލައިން