ސެޕްޓެމްބަރު 11 ގެ ހާދިސާގެ ޒިންމާ ސައުދީ ސަރުކާރުގައި އަޅުވައި އެމެރިކާގައި ހުރި ސައުދިއަރަބިޔާގެ އިންވެސްޓްމަންޓްތައް ފޭރިގަންނާނެކަން ގިނަ ބައަކު މިހާރު ވަނީ ޔަޤީންކޮށްފައެވެ.
މިހައިތަނަށް އެކަމުގެ ޒިންމާ އަޅުވަމުން އައީ އަލްޤައިދާގެ ކިބައިގައެވެ. ޓެރަރިޒަމުގެ އަމަލެއް ކަމަށް ކަނޑައަޅައި އަލްޤައިދާ އާއި ދެކޮޅަށް އެމެރިކާއިން ނުހިންގާ އަމަލެއް ނެތެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި އަތްފުނާއަޅައި އޮސާމާ ބިންލާދިން ހޯދައި މަރައި ހަށިގަނޑުވެސް ވަނީ ކަނޑުފައްތައިފައެވެ.
ކުއްލިއަކަށް އުފަންކުރުވި މައްސަލައަކީ އެހާދިސާގެ ޒިންމާ އުފުލަން ސައުދިއަރަބިޔާއަށް ޖެހޭނެ ކަމެވެ. އަދި މަރުވި މީހުންގެ ޢާއިލާތަކަށް ބަދަލުވެސް ދޭންޖެހޭނެކަމެވެ
ކިހައި ރީތި ގޭމެއްތޯއެވެ! ހާދިސާއަށްފަހު ޓްވިން ޓަވަރު އަޅަން އެންމެ ގިނަ ފައިސާ ޚަރަދުކުރީ ސައުދިއަރަބިޔާއިންނެވެ. އަނެއްކޮޅުން އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓް ވެސް ފޭރިގަންނަނީއެވެ. މަޖިލީހުން ފާސްކޮށްގެން ރީތި ގޮތުގައެވެ. ދެކޮޅުންކާ ވެނެއްގެ ދިރިހުރި ވަރަށް ފުރިހަމަ މިސާލެކެވެ.
މިމިސާލާއިއެކު ފޭރުމުގެ ދުނިޔޭގެ ރެކޯޑު ފޮތުން އެމެރިކާއަށް އިތުރު އެވޯޑެއް ލިބޭނެއެވެ. ތަފާތު ބަހަނާތައް ދައްކައި އަރަބި، މުސްލިމް ޤައުމުތަކުގެ ފައިސާތައް ބިލިއަނުން ފޭރުމަކީ އެމެރިކާއިން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ.
ޔަހޫދީންނާއި ޔަހޫދީންގެ ބައިވެރިންނަކީ މުސްލިމުންނަށް ދުވަހަކުވެސް ހެޔޮ އެދޭނެ ބައެއް ނޫން ކަމާއި ހީލަތްތެރިކަމާއިއެކު އަބަދުވެސް ގެންދާނީ ދެވުނުހައި ގެއްލުމެއް މުސްލިމުންނަށް ދެމުންކަން ކީރިތި ޤްރްއާނުގެ އާޔަތްތަކުގައި މާތްﷲ ވަނީ ވަރަށް ސާފުކޮށް ބަޔާންކުރައްވަވައިފައެވެ. މިފަދަ މައްސަލަތައް މުސްލިމު ޤައުމުތަކަށް ކުރިމަތިވަމުން މިދަނީ މާތްﷲގެ އެންގެވުންތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަކުރެވޭތީ ކަމަށް ޤަބޫލުކުރަންޖެހެއެވެ.