ވިހޭތާ 24 ގަޑިއިރުތެރޭގައި މަރުވި ކުއްޖެގަ ހަށިގަނޑު އޮޅުމަކުން ކުނި ކޮތަޅަށް ލެވުމުގެ އަދަބަކަށް އެކަމުގެ ޒިންމާ އުފުލަންޖެހޭ 2 މަސައްކަތު މީހުންނާއި ނަރުސް 70 އެތިފަހަރުން ތައުޒީރުކުރުމަށާއި 3 މަސްދުވަހަށް ޖަލަށް ލުމަށް ސައުދީ ކޯޓަކުން ޙުކުމްކޮށްފިއެވެ.
ކުއްޖާއަކީ ވިހޭއިރުވެސް ވަރަށް ބަލިކަށި ހާލަތުގައި އޮތް ކުއްޖެކެވެ. އެހެންކަމުން އުފަންވުމާއިއެކު ގެންދިއައީ އައިސީސީޔޫގައި ފަރުވާދެމުންނެވެ. 34 ގަޑިއިރުނުވެ ކުއްޖާ ވަނީ މަރުވެފައެވެ.
މައްސަލަ ފެންމަތިވީ ކުއްޖާ މަރުވިކަން އާއިލާއަށް އެންގުމުން ބަލައިދިއުމުން ކުއްޖާ ގެއްލިއްޖެ ކަމަށް ބުނުމުންނެވެ.
ފުލުހުން ކުރި ތަޙްޤީޤުން އެނގުނީ ކުށްކުރެވުނީ ނަރުހަށްކަމެވެ. މަރުވާ ކުދިންލާ ކޮތަޅުގެ ބަދަލުގައި އެއީ ޞިއްޙީ ކުންޏެއް ކަމަށް ހީކޮށް އެފަދަ ކުނިލާ ކޮތަޅަކަށް ލުމުންނެވެ.
ފަނޑިޔާރު ވިދާޅުވީ ކަންކަން ކުރަންޖެހޭނީ ބަލަންޖެހޭ ވަރަށް ބަލައި ޒިންމާދާރުކަމާއިއެކުގައި ކަމަށާއި ކޮންމެ އިހްމާލަކަށް ވެސް އަދަބެއް ދޭންޖެހޭ ކަމަށެވެ.