އިޒްރޭލާ ލަންކާއިން ދެކޮޅު ހަދަމުން ދަނިކޮށް ހަމާސް އާ އެލްޓީޓީއީ އީޔޫގެ ބްލެކްލިސްޓުން ނަގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
އިޒްރޭލާ ލަންކާއިން ދެކޮޅު ހަދަމުން ދަނިކޮށް ހަމާސް އާ އެލްޓީޓީއީ އީޔޫގެ ބްލެކްލިސްޓުން ނަގައިފި
އިޒްރޭލާ ލަންކާއިން ދެކޮޅު ހަދަމުން ދަނިކޮށް ހަމާސް އާއި އެލްޓީޓީއީ އީޔޫގެ ބްލެކްލިސްޓުން ނަގައިފިއެވެ. އެ ދެ ޖަމާއަތް އީޔޫގެ ބްލެކްލިސްޓުން ނަގަން އަމަރުކުރީ އީޔޫގެ އެންމެ މަތީ ކޯޓުންނެވެ.

އީޔޫގެ އެންމެ މަތީ ކޯޓުން މިކަމަށް އަމުރުކުރީ އެކޯޓުން ބަލައިގަންނަ އެޑްވޮކޭޓް ޖެނެރަލުން އެކަމަށް ލަފާދިނުމުންނެވެ. 2014 ވަނަ އަހަރުން ފެށިގެން މި ދެ ޖަމާއަތުގެ މައްސަލައިގައި ގޮތެއް ނިންމަން އީޔޫގެ ކޯޓަށް އޮތީ އުނދަގޫކަމަކަށްވެފައެވެ.

އިޝްރޭލުން އުންމީދު ކޮށްގެން ތިބީ ހަމާސް އަށް އަބަދުވެސް އޮންނަން ޖެހޭނީ އީޔޫގެ ބްލެކްލިސްޓުގައި ކަމަށެވެ. އީޔޫގެ ބްލެކްލިސްޓުގައި ޖަމާސް ބޭއްވުމަށް އީޔޫގެ ޤައުމުތަކަށް އިޒްރޭލުން ވަނީ ވަރަށް ބޮޑެތި ހުށަހެޅުންތައްވެސް ހުށަހަޅައިފައެވެ.

އެހެންކަމުން މިއީ ފަލަސްޠީނުގެ މިނިވަންކަމަށް ހަމާސް އިން ކުރަމުންގެންދާ މަސައްކަތްތަކަށް އީޔޫ އިން ދިން ފެހި ސިގްނަލެއްކަމަށް ބެލެވެއެވެ. އަދި މިކަމާއި ގުޅިގެން ޣާޒާއަށް އިތުރު ފިއްތުންތައް ކުރިމަތިކުރުވައި އަނިޔާވެރިކަން އިތުރުކުރުމަކީވެސް ވަރަށް ގާތް ކަމެކެވެ.
މިއަދު އޮންލައިން