ޓެކްސީގަ ބަހައްޓާފަ ދިއަ 1.7 މިލިއަން ދިރުހަމު ހަވާލުކުރި ޑްރައިވަރަށް އިނާމުދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ޓެކްސީގަ ބަހައްޓާފަ ދިއަ 1.7 މިލިއަން ދިރުހަމު ހަވާލުކުރި ޑްރައިވަރަށް އިނާމުދީފި
އެއާޕޯޓަށް ފައިބަމުން ހަނދާންނެތި ޓެކްސީގައި 1.7 މިލިއަން ދިރުހަމް އާއި މުހިންމު ލިޔުންތަކެއް ބަހައްޓާފައި ދިއަ މީހެއްގެ ފައިސާ އާއި ލިޔުންތައް ހަވާލުކުރި ޕާކިސްތާނު ޑްރައިވަރަކަށް ދުބާއީގެ ޓްރާންސްޕޯޓް އޮތޯރިޓީން އިނާމު ދީފިއެވެ.

އޭނާއަށް އެތަކެތި ފެނުނީ އެއާޕޯޓުން އެނބުރި ދިއަ މަމަގުމަތީގައެވެ. ފެނުމުން ޓެކްސީ ސެންޓަރު މެދުވެރިކޮށް ފުލުހުންނަށް އަންގައި އެއާޕޯޓް ފުލުހުން މެދުވެރިކޮށް ފަސިންޖަރު ހޯދައި ފައިސާ އާއި ލިޔުންތައް ހަވާލުކުރީއެވެ.

މިތަކެތި ޓެކްސީގައި ބަހައްޓާފައި ދެވުނީ ކޮރެއާގެ ފަސިންޖަރަކަށެވެ. މިތަކެތި ފޮރުވުމުގެ ފުރުޞަތު ކިތަންމެ ރަނގަޅަށްވެސް ޑްރައިވަރަށް އޮތެވެ.

ޔޫއޭއީގައި މިފަދަ ތެދުވެރި ޑްރައިވަރުންގެ އަގު ވަޒަންކޮށް ސަރުކާރުން ގެންދަނީ އިނާމު ދެމުންނެވެ. އެގޮތުން މިއަހަރުގެ މިހައިތަނަށް ގިނަ ބައަކު ވަނީ އިނާމު ހާޞިލުކޮށްފައެވެ.
މިއަދު އޮންލައިން