11/9 ހާދިސާ އާއި ގުޅުވައިގެން ސައުދިއަރަބިޔާގެ އެސެޓްތައް އަތުލުން އެމެރިކާއިން ވަގުތީގޮތުން ހުއްޓައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
11/9 ހާދިސާ އާއި ގުޅުވައިގެން ސައުދިއަރަބިޔާގެ އެސެޓްތައް އަތުލުން އެމެރިކާއިން ވަގުތީގޮތުން ހުއްޓައިފި
11/9 ހާދިސާ އާއި ގުޅުވައިގެން ސައުދިއަރަބިޔާގެ އެސެޓްތައް އަތުލުން އެމެރިކާއިން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

އެ ހާދިސާގެ ޒިންމާ ސައުދިއަރަބިޔާގައި އަޅުވައި މަރުވި މީހުންގެ ޢާއިލާތަކަށް ބަދަލު އަތުލުމުގެ މައްސަލައިގައި އެމެރިކާގެ ކޮންގްރެސް އިން ފާސްކުރި ބިލް ރައީސް އޮބާމާ މިހާރު ވަނީ ވީޓޯ ކުރައްވައިފައެވެ.

އޮބާމާ ވިދާޅުވެފައިވަނީ އެފަދަ ބިލަކަށް އަމަލުކޮށްފިނަމަ އެކުވެރި ޤައުމުތަކާއިއެކު މައްސަލަތައް އުފެދޭނެ ކަމަށާއި އަދި އެމެރިކާގެ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ކުރިމަތިވުމުގެ ބިރު ބޮޑު ކަމަށެވެ. މިއީ އޮބާމާގެ ވެރިކަމުގައި ވީޓޯ ކުރެއްވި ފުރަތަމަ ބިލެވެ.

މި ބިލަށް އީޔޫ އިން ވަނީ ފައުޅުގައި ފާޑުކިޔާފައެވެ. އީޔޫ އިން ބުނެފައިވަނީ އެބިލަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ބޭރުން ފާސްކޮށްފައިވާ ބިލެއް ކަމަށެވެ. އެހެންކަމުން އެ ބިލަށް އަމަލުކުރި ނަމަ ގިނަ ޤައުމުތަކަކުން އެމެރިކާއަށް މައްސަލަތައް ކުރިމަތި ކުރުވުމުގެ ފުރުޞަތު ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ.

އެމެރިކާއަކީ އަބަދުވެސް ހީލަތްތެރި ގޮތުގައި މުސްލިމުންނަށް އަނިޔާވެރިވެ މުސްލިމް ޤައުމުތަކަށް ވެރިވެގަންނަމުން ގެންދާ ޤައުމަކަށްވާތީ އަދި މިވަރުން މިކަން ނިމުނީ ކަމަށް ބެލެވޭކަށް ނެތެވެ. އެމެރިކާ ބޭނުންވާ އެއްވެސް ކަމެއް ސައުދިއަރަބިޔާއިން ކޮށްނުދީފިނަމަ އަލުން ހަމަ މިފަދަ ބިލެއް ފާސްކުރުމުގެ ފުރުޞަތު ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން