30 ކިލޯ ހަޝިސް އާ ހަ ލައްކަ ގުޅަ މަސްތުވާ ކެޕްސޫލް އާއެކު ސައުދީ ދެމަފިރިއަކު ސައުދީ ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން މިތަކެތި ހޯދާފައިވަނީ އެދެމަފރިންގެ ގެއިންނެވެ.
މަސްތުވާތަކެތިން އެ ޤައުމު ސަލާމަތްކުރުމަށް ސައުދީ ފުލުހުން ގެންދަނީ އިޚްލާޞްތެރިކަމާއިއެކު އެކަމުގެ ނިޔަތުގައި މަސައްކަތް ކުރަމުންނެވެ.
މީގެ ދެ ހަފްތާ ކުރިން ހިންގި އޮޕަރޭޝަނެއްގައި ވަނީ 6 ޓަނު ޖަޝިސް އާއި 2 މިލިއަން ގުޅަ މަސްތުވާ ބޭހާއި 11.3 ކިލޯ ކޮކޭން އާއި 693 ޓަނު މަސްތުވާ ދުންފަތް އެޤައުމަށް އެތެރެކުރަން ކުރި މަސައްކަތްތައް ފެއިލްކޮށްލައިފައެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުޑަ ބޮޑު މިނަށް ބަލައި ފަނޑިޔާރުން ބޭނުން ޙުކުމެއް ކުރެއްވުމުގެ އިޚްތިޔާރު ވެސް މިހާރު ވަނީ ފަނޑިޔާރުންނަށް ދޫކޮށްލައްވައިފައެވެ.