މުރުތައްދުވާފަދަ ކާޓޫނެއް ކުރަހައި ފޭސްބުކުގައި ހާމަކުރި އުރުދުންގެ ލިޔުންތެރިޔާ، ޝަރީއަތުގެ އަޑުއެހުމަކަށް ކޯޓަށް ވައްދަނިކޮށް ބޮލަށް ބަޑިޖަހައި މަރާލައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ބޮލަށް ބަޑިޖެހީ ކޯޓަށް ވަންދަން ވެގެން ސިޑިން އަރުވަނިކޮށް ވަރަށް ކައިރިންނެވެ. ފުލުފުލުގައި ފޮނުވައިލި 7 ވަޒަން ބޮލަށް އެރުމާއިއެކު އޭނާ ވަނީ މަރުވެފައެވެ.
އޭނާ ފޭސްބުކުގައި ހާމަކުރި ކާޓޫނުގައި ދައްކަނީ ދެ އަންހެން ކުދިން ކައިރީގައި ބައިންދައިގެން ސުވަރުގޭގެ އެނދެއްގައި އިން ބޮޑު ތުނބުޅި ލީ ފިރިހެނަކު ވައިން ގެނައުމަށް ﷲ އަށް އަމުރުކުރާ ކަމަށެވެ.
އޭނާ ބުނެފައިވަނީ އެ ކާޓޫނު ހާމަކުރީ އައިއެސްގެ މީހުންނަށް އަމާޒުކޮށް އެމީހުންނަށް ފުރައްސާރަކުރަން ކަމަށެވެ. ނަމަވެސް ސުވަރުގެއާއި މާތްﷲ އާއި ގުޅުވޭ ގޮތަށް އެފަދަ ކަމެއް ކުރުމުން މުސްލިމުންގެ އެތައް ހާސްބައަކު ވަނީ ނުރުހުން ފައުޅުކޮށްފައެވެ.