އޮކްޓޯބަރު 2 ވަނަ ދުވަހު އިންޑިއާ އިން ކޮޕް 21 އެއްބަސްވުން ތަންފީޒުކުރަން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
އޮކްޓޯބަރު 2 ވަނަ ދުވަހު އިންޑިއާ އިން ކޮޕް 21 އެއްބަސްވުން ތަންފީޒުކުރަން ނިންމައިފި

މިއަހަރުގެ ކުރީކޮޅު ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގައި ބޭއްވި ކޮޕް 21 ގައި ފާސްކޮށްފައިވާ ދުނިޔެ ހިމާޔަތްކުރުމުގެ އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި އެއްބަސްވުމުގައި  ސޮއިކުރަން އިންޑިއާ އިން ނިންމައިފިއެވެ. 


އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އެއްބަސްވުމުގައި އިންޑިއާ އިން ސޮއިކުރާނީ އަންނަ އޮކްޓޯބަރު މަހުގެ ދެވަނަ ދަވަހު ކަމަށެވެ. "އިންޑިއާ އިން ސޮއިކުރާނީ މަހާތަމާ ގާނދީގެ އުފަންދުވަހު. އެއީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަސް."


މޯދީ މިކަން އިއުލާނު ކުރެއްވީ ދެކުނުގެ ސިޓީއެއް ކަމަށްވާ ކޯޒިކޮޑެގައި ބީޖޭޕީގެ ލީޑަރުންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. 


މިބައްދަލުކުރެއްވުމުގައި މޯދީ ވަނީ މުސްލިމުންނަކީ ވޯޓު ބޭންކުތަކެއް ކަމަށް ނުބަލައި މުސްލިމުންނަކީ ބައިވެރިން ކަމަށް މުސްލިމުންނަށް އެހީތެރިވުމަށް ވެސް ގޮވާލައްވައިފައެވެ. 


އިންޑިއާގެ މަޝްރަހަށް ބަލާއިރު އިންޑިއާގެ މުސްލިމުން މިހާރު ހޭދަކުރަމުން ގެންދަނީ އެންމެ ހިތްދަތި ދުވަސްތަކެވެ. ކަޝްމީރުގައި ސިފައިން ހަމަލަދީ މުސްލިމުން މެރުމުގެ މައްސަލަތަކެވެ. އެހެން ސްޓޭތްތަކުގައި ގެރިމަސް ކެއުމުން މެރުމުގެ މައްސަލަތަކެވެ. އިންޑިއާގެ މުސްލިމުން މިހައިތަނަށް އައީ ގެރިމަސްކަމުންނެވެ. ނަމަވެސް އެމީހުން މަރާފައެއް ނުވެއެވެ. 

މިއަދު އޮންލައިން