ސައުދީން ޚަރަދުކުޑަކުރުމަށްޓަކައި މިނިސްޓަރުންގެ މުސާރަ ކުޑަކޮށް ގިނަ ފިޔަވަޅުތަކެއް އަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ސައުދީން ޚަރަދުކުޑަކުރުމަށްޓަކައި މިނިސްޓަރުންގެ މުސާރަ ކުޑަކޮށް ގިނަ ފިޔަވަޅުތަކެއް އަޅައިފި

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސައުދިއަރަބިޔާއިން މިނިސްޓަރުންގެ މުސާރައިން 20 އިންސައްތަ ކުޑަކޮށް އިތުރު ގިނަ ފިޔަވަޅުތަކެއް އަޅައިފި އެވެ.


އެގޮތުން އަލަން ނިންމި ފިޔަވަޅުތަކުގެތެރޭގައި މިނިސްޓަރުންގެ ފޯނު އެލަވަންސް ކަނޑައިލުމާއި ކުރިއަށް އޮތް ދެ އަހަރުން އެއްވެސް މީހަކަށް ސަރުކާރުން އިތުރު ކާރެއް ނުދިނުންވެސް ހިމެނެއެވެ. 


މިނިސްޓަރުންގެ އިތުރުން ޝޫރާ މަޖިލީހުގެ މެންބަރުންނަށް ދޭ ބައެއް އިނާޔަތްތަކުންވެސް ވަނީ 15 އިންސައްތަ ކުޑަކޮށްފައެވެ. 


ސައުދީ ރަސްގެފާނު ވަނީ މިކަމަށް އެމަނިކުފާނުގެ ޚާއްޞަ ޤަރާރެއް މިހާރު ނެރުއްވައިފައެވެ. 


އެ ޤަރާރުގައިވާ ގޮތުން ސަރުކާރުގެ މުވައްޒިފަކަށް އަހަރަކު ޗުއްޓީގެ ގޮތުގައި ލިބޭނީ 30 ދުވަހެވެ. އެއަށްވުރެ ދިގުކޮށް ޗުއްޓީ ނަގާނަމަ މުސާރައެއް ނުލިބޭނެ އެވެ.

މިއަދު އޮންލައިން