ފާކިސްތާނުގަ ބާއްވާ ސާކް ސަމިޓުގަ އިންޑިއާއިން ބައިވެރިނުވާނެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ފާކިސްތާނުގަ ބާއްވާ ސާކް ސަމިޓުގަ އިންޑިއާއިން ބައިވެރިނުވާނެ!

މިއަހަރުގެ ނޮވެމްބަރު މަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ބާއްވަން ހަމަޖެހިފައިވާ ސާކް ސަމިޓުގައި ބައިވެރިނުވަން ނިންމައި އެކަން އިންޑިއާގެ ޚާރިޖިއްޔާއިން އިއުލާނުކޮށްފިއެވެ. 


އިންޑިއާގެ ޚާރިޖިއްޔާ އިން ބުނެފައިވަނީ މި ސަމިޓުގައި ބައިވެރިނުވަން އިންޑިއާ އިން ނިންމީ މިހާރުގެ ހާލަތު ހުރިގޮތުން ބައިވެރިވެވެން ނެތުމުން ކަމަށެވެ. 


އިންޑިއާ އިން ބުނެފައިވަނީ ޕާކިސްތާނުން ބޯޑަރު ހުރަސްކޮށް އިންޑިއާއަށް ދެމުން ގެންދާ ހަމަލާތަކުގެ މައްސަލަ ވާނީ މިހާރު ސާކުގެ ރިޔާސަތު ބަލަހައްޓާ ނޭޕާލަށްވެސް ހުށަހަޅާފައި ކަމަށެވެ. އަދި ޕާކިސްތާނުން މަސައްކަތްކުރަނީ އިންޑިއާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގަތުމަށްކަންވެސް ވާނީ އަންގާފައި ކަމަށެވެ. 


ޚާރިޖިއްޔާ އިން ބުނެފައިވަނީ އިންޑިއާގެ އިތުރުންވެސް ސާކުގެ ބައެއް ޤައުމުތަކުން މި ސަމިޓުގައި ބައިވެރިނުވަން ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އިންޑިއާ އިން މިމޭރުމުން ބުނެފައިވާއިރު ނޮވަމްބަރު މަހުގެ ،9 10 ގައި ބައްވަން ހަމަޖެހިފައިވާ ސާކް ސަމިޓުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ނެތްކަން އަފްޣާނިސްތާނުން ވަނީ ހާމަކޮށްފައެވެ. 


އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އިންޑިއާ އިން މިފަދަ ނިންމުމެއް ނިންމީ ޑިޕޮލޮމެޓިކް ގޮތުން ޕާކިސްތާނު އެކަހެރިކުރާނެކަން ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންގަވާފައިވާތީ އެކަމަށް މަގުފަހިކުރުމަށް ކަމަށެވެ.

މިއަދު އޮންލައިން