ފަލަސްޠީނުގެ ރައްޔިތުންގެ ލެއިން ފޯވެގެން ހުރި ޝިމޮން ޕެރޭޒް މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ފަލަސްޠީނުގެ ރައްޔިތުންގެ ލެއިން ފޯވެގެން ހުރި ޝިމޮން ޕެރޭޒް މަރުވެއްޖެ

ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންގެ ޤާޠިލު، ފަލަސްޠީނު ރައްޔިތުންގެ ލެއިން ތެމި ފޯވެގެން ހުރި އިޒްރޭލުގެ ކުރީގެ ރައީސް ޝިމޯން ޕެރޭޒް މަރުވެއްޖެއެވެ.


ދުވަހަކުވެސް މަރުނުވާނެކަމަށް ބަލައި ފަލަސްޠީނުގެ ރައްޔިތުން މަރަމުން ގެންދިއަ ޝިމޯން ޕެރޭޒްގެ ފުރާނަ ހިއްޕެވުމަށް މަރުގެ މަލާއިކަތުން ވަޑައިގަތުމުން ހަމަ އެންމެ ހިނދުކޮޅެއްވެސް ނުލިބުނެވެ. އަދި ޝިމޯން ޕެރޭޒް މެރި މުސްލިމުންގެ އަދަދު ގިނަކަމުން އެކަމަށް ހިތްވަރުދިނުމުގެ ގޮތުން އޭނާއަށް ދިން ނޯބަލް ޕްރައިޒް އިން ކުރި އެއްވެސް ފައިދާއެއް ވެސް މަރުގެ ވަގުތު ޖެހުމުން އޮތްކަމަކަށްވެސް ނުވިއެވެ.


އެތައް ހާސް ފަލަސްޠީނު ރައްޔިތުންގެ ޤާޠިލު ހޮސްޕިޓަލަށް ގެންދެވުނީ ސެޕްޓެމްބަރުގެ 23 ވަނަ ދުވަހުއެވެ. ޕެރޭޒް ޝަހީދުކުރި ފަލަސްޠީނު ރައްޔިތުންގެ ލޭ އޮހޮރުނީ ހަށިގަނޑުން ބޭރަށެވެ. ޤާތިލް ޕެރޭޒް ހޮސްޕިޓަލަށް ގެންދެވުނީ އެތެރެހަށިން ލޭ ލީކްވާތީއެވެ. 


ވަރުބަލިވާތީ ހޮސްޕިޓަލަށް ގެންެދިއަ ޤާތިލު ޕެރޭޒް ހޮސްޕިޓަލުގައި އޮއްވައި ސްޓްރޯކެއްވެސް ވަނީ ޖެހިފައެވެ. 


މުޖުރިމުންނާއި އަނިޔާވެރިން ގިނަ ދުވަހު ދުނިޔޭގައި ތިބޭކަމަށް ބުނެވޭ އުޞޫލުން ޤާތިލު ޕެރޭޒް ވެސް މަރުވީ އުމުރުން 93 އަަހަރުގައި ކަމަށް ބުނެއެވެ. 


ފަލަސްޠީނުގެ ބިމުގައި ޔަހޫދީން ގެދޮރުވެރިކުރުވުމުގެ ޕްލޭނަކީވެސް ޤާތިލް ޕެރޭޒްގެ ޕްލޭނެކެވެ.

މިއަދު އޮންލައިން