ސްރީލަންކާ ނޭވީން އިންޑިއާގެ 30 މަސް ބޯޓުގެ ދައުތައް އަތުލައިފިއެވެ.
އެންޑީޓީވީ އިން ބުނީ ރާމަޝްވަރަން ގެ މަސްވެރިން ޕާކް ސްޓްރެއިޓް ކަނޑުއޮޅީގައި މަސްހިފަން ދައު އަޅައިގެން ތިއްބައި ލަންކާގެ ނޭވީން އައިސް ދައުތައް އަތުލުމަށްފަހު އެނބުރި ދިއުމަށް އެންގީ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިންޑިއާގެ 2000 މަސްވެރިން އެދުވަހު ހާލުގައި ޖެހުނު ކަމަށެވެ.
ލަންކާގެ ނޭވީން ބުނެފައިވަނީ ލަންކާގެ ކަޗަތީވް ސަރަހައްދާއި ކައިރިން މަސްވެރިކަން ނުކުރުމަށާއި މަސްވެރިކަން ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
މިސަރަހައްދަކީ 1970 ގައި ލަންކާގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ސަރަހައްދެކެވެ. ޓެމިލްނާޑޫގެ ސަރުކާރުން ބުނެފައިވަނީ މި މައްސަލަ ހައްލުކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ.
ލަންކާ އާއި ޓެމިލްނާޑޫ އާއި ދެބައިމީހުންގެ އުފެދިފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ސަރަހައްދުގައި މަސްވެރިކަން ކުރުމެވެ. އެއްބައަކު ގެންދަނީ އަނެއް ބައަކު ކުށްވެރިކުރަމުންނެވެ.