އޮބާމާގެ ވީޓޯ ބޮޑު އަޣްލަބިއްޔަތަކުން ބާޠިލުކޮށް ސައުދީ އިންވެސްޓްމަންޓްތައް ފޭރިގަންނަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އޮބާމާގެ ވީޓޯ ބޮޑު އަޣްލަބިއްޔަތަކުން ބާޠިލުކޮށް ސައުދީ އިންވެސްޓްމަންޓްތައް ފޭރިގަންނަނީ!

11/9 ގެހާދިސާ އާއި ގުޅިގެން ސައުދީގައި ހުރި ސައުދިއަރަބިޔާގެ އިންވެސްޓްމަންޓް ތައް ފޭރިގަތުމަށް އެމެރިކާގެ ސެނެޓުން ފާސްކުރި ފާސްކުރުން އެމެރިކާގެ ރައީސް އޮބާމާ ވީޓޯ ކުރުމުން ސެނެޓުން އަނބުރައި ބޮޑު އަޣްލަބިއްޔަތަކުން ބިލަށް އަމަލުކުރަން ބުދަ ދުވަހު ފާސްކޮށް އެމެރިކާގައި ހުރި ސައުދިއަރަބިޔާގެ އިންވެސްޓްމަންޓްތައް ފޭރިގަންނަން ނިންމައިފިއެވެ. 


މިކަމަށް އިއްޔެ ސެނެޓުގައި ނެގި ވޯޓުގައި 11/9ގެ ހާދިސާ ސައުދިއަރަބިޔާގެ ބޮލުގައި އަޅުވަން ފާސްކޮށްފައި ވަނީ 97 ވޯޓު 1 ވޯޓުންނެވެ. 


އޮބާމާ ވަނީ އޭނާގެ ވެރިކަމުގައި 12 ބިލެއް ވީޓޯކޮށްފައެވެ. މީގެ ތެރެއިން އަނބުރައި އޮބާމާގެ ބޮލަށް ޖެހި ހަމައެކަނި ބިލަކީ ސައުދީ އިންވެސްޓްމަންޓްތައް ފޭރިގަތުމުގެ ބިލެވެ. 


ވައިޓް ހައުސް އިން ވަނީ މިކަމަކީ ލަދުވެތި ކަމެއް ކަމަށް ބުނެ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ބޮޑު އަޣްލަބިއްޔަތު އޮންނަ ސެނެޓުގެ ނިންމުން ގިރިޓީކުރަން މަސައްކަތްކޮށްފައެވެ. ނަމަވެސް މިއީ ރިޕަބްލިކަން ޕާޓީން ރާވައިގެން ކުޅެމުން ގެންދާ ޑްރާމާއެކެވެ. 


މިކަމަކީ އަންނަ އަހަރު އޮބާމާ ވެރިކަމުން ވަކިވުމަށްފަހު "އަހަރެން ވާނީ އެކަމާ ދެކޮޅަށް ކުރެވެން ހުރި ހުރިހައި މަސައްކަތެއް ކޮށްފަ. ދެން އަހަރެން ކީއްކުރާނީ!" ފަދަ ރީތި އިބާރާތްތަކުން ވާހަކަ ދައްކައި ސައުދިއަރަބިޔާގެ ހަމްދަރުދީ ހޯދައި މުއްސަނދިކަން އިތުރުކުރަން ޖެހި މަޅިއެއްކަމަށް ބެލެވެއެވެ.


11/9 ގެ ހާދިސާގައި ސައުދިއަރަބިޔާގެ އެއްވެސް ބައިވެރިވުމެއް އޮތްކަން މިހައިތަނަށް އެމެރިކާއިން ނެރުނު އެއްވެސް ރިޕޯޓަކުން ހާމަވެފައެއް ނެތެވެ. އެހެންކަމުން އެ ހާދިސާ އާއި ސައުދިއަރަބިޔާ އާއި ގުޅުވަން ޖެހެންވީ އެއްވެސް ސަބަބެއް އޮތްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. 


އެމެރިކާއަށް ވަނީ އިޤްޠިޞާދީ ބޮޑެތި މައްސަލަތައް ކުރިމަތިވެފައެވެ. އެމެރިކާއަށް އިޤްޠިޞާދީ ބޮޑެތި މައްސަލަތައް ކުރިމަތިވާ ކޮންމެ ފަހަރަކު ޓެރަރިޒަމާއި މުސްލިމް ޤައުމުތަކާއި އަޅުވައި މުސްލިމް ޤައުމުތަކުގެ މުއްސަނދިކަން ފޭރުމަކީ އާންމު ކަމެއްކަން އެމެރިކާ ވަނީ މާޒީގައި ވެސް ދައްކަައިދީފައެވެ. 

މިއަދު އޮންލައިން