ބަރަހަނާ ފޮޓޯތައް ހާމަކުރުމުގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި އޮތް އެމެރިކާގެ ޕްލޭ ބޯއި މަޖައްލާ "ބުރުގާ އަޅައިފި" އެވެ.
އެމަޖައްލާގެ އޮކްޓޯބަރުމަހުގެ އަދަދުގެ ބޭރުގައި ހާމަކޮށްފައިވަނީ ބުރުގާ އަޅައިގެން އިން އުމުރުން 22 އަހަރުގެ ޒުވާން ލީބިޔާގެ އަންހެން ކުއްޖެއް ކަމަށްވާ ނޫރު ތަޤޫރީ އެވެ. ނޫރަކީ ނިވްސްވީ ވީޑިއޯ ނިޔުސް ނެޓްވަކްގައި މަސައްކަތްކުރާ ނޫސްވެރިއެކެވެ.
މޫރް ވެގެންދާނީ އެމެރިކާގެ ވިޔަފާރި ނޫސްޗެނެލެއްގައި ބުރުގާ އަޅައިގެން މަސައްކަތްކުރާ ފުރަތަމަ ނޫސްވެރިޔާއަށެވެ.
ނޫރް ބުނީ އެކަމުގެ ސަބަބުން އޭނާއަށް ގިނަ މައްސަލަތައް ކުރިމަތިވާނެކަން އެނގިހުރެވެސް އެކަންކުރީ އެމެރިކާގައި މުސްލިމް އަންހެނުންނަށް ކުރަމުން ގެންދާ ގޯނާތަކަށް ދެކޮޅުހެދުމުގެ ގޮތުން ކަމަށެވެ.
ނޫރް ބުނީ އޭނާއަކީ މުސްލިމް އަންހެނަކަށްވާތީ އޭނާ އެމެރިކާގައި މަސައްކަތްކުރަމުން ގެންދަނީ ބޮޑު ބިރުވެރިކަމެއްގެތެރޭގައި ހުރެގެން ކަމަށެވެ. އެހެންކަމުން މުސްލިމް އަންހެނުންނަށް އެމެރިކާގައި ކުރިމަތިވެފައިވާ ނިކަމެތި ހާލަތު ސަމާލުކަމަށް ގެނައުމަށް އޭނާ ބޭނުންވާ ކަމަށެވެ.
ޮްޕްލޭ ބޯއި މަޖައްލާގެ ޕްރިންޓް އެޑިޝަނުގެ އެޑިޓޯރިއަލް އަށް ބަދަލު ގެނެސް ބަރަހަނާ ފޮޓޯ ޝާއިއުނުކުރުމަށް މިއަހަރުގެ ކުރީކޮޅު ވަނީ ނިންމައިފައެވެ.