މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އޯގާތެރިވުމާއި ފަރުވާ ދިނުމަކީ ޅަ މިނިކާވަގަކަށް ގެރިމަސް ކާންދީ ފަލަކުރުން ފަދަ ކަމެއްގެ ގޮތުގައި ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ސިފަކުރައވައިފިއެވެ.
ވިއެޓްނާމަށް ކުރެއްވި ދަތުރުފުޅެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރޮޑްރިގޯ ވިދާޅުވީ ފިލިޕިންސްގައި ތިބި މަސްތުވާ ތަކެތި ވިއްކާ، ބޭނުންކުރާ، އަދި އެތެރެކުރާ 3 މިލިއަން މީހުން މަރަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ީ ރޮޑްރިގޯ ވިދާޅުވީ އަންނަން އޮތް ޖީލު ސަލާމަތްކުރެވެން އޮތީ ޤައުމުން މަސްތުވާތަކެތި ނައްތާލައިގެން ކަމަށާއި ފިލިޕިންސް އަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރެވިފައިވާ ޤައުމަކަށް ހައްދަވާނެ ކަމަށެވެ.
"ބައަކު އަހަރެން އެބަ ސިފަކުރޭ އެތައް މިލިއަން ޔަހޫދީން މެރި ހިޓްލަރުކަމަށް. އެއީ އަހަރެން ކަންބޮޑުވާ ކަމެއް ނޫން. އަހަރެން ކަންބޮޑުވަނީ އަހަރެންގެ ޤައުމާއި ޤައުމުގެ ރައްޔިތުންނާއިމެދު."
ރޮޑްރިގޯ ފިލިޕިންސްގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ފާއިތުވި ކުރު މުއްދަތުގައިވެސް ވަނީ 2000 އަށްވުރެ ޑްރަގުން މަރައިފައެވެ.