ކައިވެނި ޕާޓީގަ ބައިވެރިވި މީހުން އަގުދައްކައިގެން 37 އަހަރު ތަފާތު ދެމީހުންގެ ކައިވެނި ހަފްލާ ބާއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ކައިވެނި ޕާޓީގަ ބައިވެރިވި މީހުން އަގުދައްކައިގެން 37 އަހަރު ތަފާތު ދެމީހުންގެ ކައިވެނި ހަފްލާ ބާއްވައިފި

ކައިވެނި ޕާޓީގަ ބައިވެރިވި މީހުން އަގުދައްކައިގެން 37 އަހަރު ތަފާތު ދެމީހުންގެ ކައިވެނި ހަފްލާ ބާއްވައިފިއެވެ. 


ސައުދިއަރަބިޔާގެ ޖިއްދާގައި ބޭއްވި މި ހަފްލާގައި ކައިވެނިކޮށްފައިވަނީ 74 އަހަރުގެ ފިރިހެނަކާ 37 އަހަރުގެ އަންހެނެކެވެ. 


މިކައިވެންޏާއި ގުޅިގެން 85 އަހަރުގެ މީހަކު 15 އަހަރުގެ ކުއްޖަކާ ކައިވެނިކޮށްފި ކަމަށްބުނެ މީޑިއޯތައް ސޯޝަލް މީޑިއާގައި ހާމަކުރަމުން ކައިވެނިކުރި ސުލައިމާންގެ ދަރިފުޅު ރާޒިދު ތްވީޓްކޮށްފައި ބުނީ އޭނާގެ ބައްޕައަކީ އުމުރުން 73 އަހަރުގެ މީހެއް ކަމަށާއި ދޮންމަންމަގެ އުމުރަކީ 37 އަހަރު ކަމަށެވެ. އަދި އެކަމާ އެހެން ބައަކު ބެހެން ޖެހެންވީ ސަބަބެއް ވެސް ނެތް ކަމަށެވެ. 


މިފަދަ އުމުރުން ތަފާތު ބޮޑު ކައިވެނިތައް ކުރަމުން ގެންދާތީ ގިނަ ބައަކު ނުރުހުން ފައުޅުކުރެއެވެ. މިކައިވެންޏާއި ގުޅިގެން ބައެއް މީހުން ވަނީ ތިއީ ނޯކަރެއްތޯ ނޫނީ ދަރިއެއްތޯ ސުވާލު އުފައްދައިފައެވެ.

މިއަދު އޮންލައިން