ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސަކަށް މުޙައްމަދު ލަޠީފް ނައިބްރައީސަކަށް އިއްޒަތު ވަހީދު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސަކަށް މުޙައްމަދު ލަޠީފް ނައިބްރައީސަކަށް އިއްޒަތު ވަހީދު

ދިވެހިރާއްޖޭގެ ވޮލީ ބޯލް އެސޯސިއޭޝަނުގެ ރައީސަކަށް މުޙައްމަދު ލަޠީފް އަދި ނައިބްރައީސަކަށް އިއްޒަތު ވަޙީދު އިންތިޚާބުކޮށްފިއެވެ. ދެބޭފުޅުން ވެސް އިންތިޚާބުވީ 12 ވޯޓުގެ އިއްތިފާޤުންނެވެ. 


މީގެ އިތުރުން ވޮލީ ބޯލް އެސޯސިއޭޝަނުގެ ބައެއް ސަބް ކޮމިޓީތަކަށާއި ބީޗް ވޮލީ އެސޯސިއޭޝަނަށް މެންބަރުން ވަނީ އިންތިކާބުކޮށްފައެވެ. 



އިންޓަރ ސްކޫލް ވޮލީ މުބާރާތުން ފެށިގެން ދިވެހި ވޮލީގައި ގިނަ ކާމިޔާބީތަކެއް ޙާޞިލުކުރައްވާފައިވާ މުޙައްމަދު ލަޠީފް މިރޭ ވިދާޅުވީ އެނާގެ އެންމެ ބޮޑު އެއް އަމާޒަކީ މިހާރު ހަމައެކަނި މާލޭގައި ކުޅެމުން އަންނަ ވޮލީ މުބާރާތް ރާއްޖެ ތެރެއަށް ވެސް ފުޅައު ކުރައްވައި މުޅި ރާއްޖެއަށް ވޮލީ ޢާންމުކުރެއްވުން ކަމަށެވެ.



މުޙައްމަދު ލަޠީފް ވިދާޅުވީ ރައީސް ޔާމީނަކީ ޒުވާނުންނަށާއި ކުޅިވަރަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ސަރުކާރުން ގެންދަވަނީ ވޮލީ އަށާއި އެހެން ކުޅިވަރުތަކަށްވެސް ބޮޑު ހޭދައެއް ކުރައްވަމުން ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ކުޅިވަރު މެނިފެސްޓޯ ތަންފީޒުކުރެއްވުމަށް ވޮލީ އާއިލާގެ ހުރިހައި ގުނަވަންތަކުން ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ. 


ވޮލީ ބޯލް އެސޯސިއޭޝަނަކީ އެންމެ ކާމިޔާބުކަމާއިއެކު ހިނގަމުންދާ އެސޯސިއޭޝަނަކަށް ހައްދަވާނެ ކަމަށްވެސް ލަޠީފް ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން