ޔުނިވަރސިޓީއަށް ވެއްދުމުގެ ކުރިން "ބިކުރު ޓެސްޓް" ކުރަންޖެހޭ ކަމަށް ބުނުމުން އަންހެން ވަކީލުން ރަތަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޔުނިވަރސިޓީއަށް ވެއްދުމުގެ ކުރިން "ބިކުރު ޓެސްޓް" ކުރަންޖެހޭ ކަމަށް ބުނުމުން އަންހެން ވަކީލުން ރަތަށް!

މިޞުރުގެ ޔުނިވަރސިޓީތަކުން އަންހެން ކުދިންނަށް ޖާގަ ދިނުމުގެ ކުރިން އެކުދިންގެ ބިކުރުހުރިކަން ބެލުމަށް ޓެސްޓްކުރަންޖެހޭ ކަމަށް ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ބުމުން އަންހެން ވަކީލުންގެ ލޭ ހޫނުވެ ރަތަށް އަރައިފިއެވެ.


ވަކީލު ބުނީ މަތީ ސާނަވީގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުން އުޅެނީ އަމިއްލައަށް ކައިވެނިކޮށްގެން ކަމަށާއި އެމީހުން ކަންކަން ކުރަނީ ދެމަފިރިން ކަންކަން ކުރާ ގޮތަށް ކަމަށެވެ. އަދި މި ގޮތަށް އަމިއްލައަށް ކައިވެނިކުރުން ދަނީ އިތުރުވަމުން ކަމަށާއި މިކަން ހުއްޓުވޭނީ ބިކުރު ޓެސްޓް ކުރުން ފަދަ ހަރުދަނާ އުޞޫލުތަކެއް ޤާނޫނުގައި ހިމަނައިގެން ކަމަށެވެ. 


އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގެ ނަމުގައި ހަރަކާތްތެރިވާ އަންހެން ޤާނޫނީ ވަކީލުން ބުނަނީ މިއީ މިޞުރުގެ ޒުވާން އަންހެން ކުދިންގެ ހައްޤުތަކަށް އަރައިގަތުމަށް ޕާލަމެންޓުން ފާސްކުރަން އުޅޭ ބިލެއް ކަމަށާއި މިބިލް ހުއްޓުވަންޖެހޭނެ ކަމަށެވެ. 


މަޖިލީހުގެ މެންބަރު ފާހަގަކުރި ބޮޑު މައްސަލައިގައި ވާހަކަ ދައްކަން އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ވަކީލުން ބޭނުމެއް ނުވެއެވެ. މިބިލް ހުއްޓުވައި ދިނުމަށާއި ޕާލަމެންޓް މެންބަރު ވެސް ކުށްވެރިކޮށްދިނުމަށް އެދި މިހާރު ވަނީ ޕްރޮސެކިޔުޓަރ ޖެނެރަލަށް ހުށަހަޅައިފައެވެ. 

މިއަދު އޮންލައިން