ސައުދިއަރަބިޔާއިން ވެސް ބައެއް ކަންކަމުގައި މީލާދީ ކަލަންޑަރަށް އަމަލުކުރަން ފަށައިފިއެވެ.
އެގޮތުން މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން މުސާރަ ދިނުމާއި ބޯނަސް ދިނުމާއި އެލަވަންސް ދިނުން ފަދަ ކަންކަމުގައި ސައުދިއަރަބިޔާއިން އަމަލުކުރަމުން ގެންދާނީ މީލާދީ ކަލަންޑަރަށެވެ.
ވަޒީރުންގެ މަޖިލީހުން މިކަން ފާސްކުރީ އެހެން ޤައުމުތަކާއި އެއްގޮތަށް މިކަންކަން ބެހެއްޓުމަށެވެ.
މިބަދަލާއި ގުޅިގެން ސަރުކާރުގެ ބަޖެޓަށްވެސް ލުޔެއް ލިބޭނެއެވެ. މިސާލަކަށް މިއަހަރަށް ބަލައިފިނަމަ ހިޖުރީ ކަލަންޑަރާއި މީލާދީ ކަލަންޑަރުގައި 11 ދުވަސް ތަފާތެވެ. އެހެންކަމުން ކޮންމެ 3 އަހަރަކުން އެއް އަހަރު ހުރިހައި މުވައްޒިފުންގެ 1 މަސްދުވަހުގެ މުސާރަ ސަރުކާރަށް ސަލާމަތްކުރެވޭނެއެވެ.