މަސައްކަތް ނުކުރާ މުވައްޒިފުންނަށް އިނާޔަތާއި ކުރިއެރުން ސައުދީ ސަރުކާރުން ކަނޑާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
މަސައްކަތް ނުކުރާ މުވައްޒިފުންނަށް އިނާޔަތާއި ކުރިއެރުން ސައުދީ ސަރުކާރުން ކަނޑާލައިފި

އިއްޔެއިން ފެށިގެން ސައުދީ ސަރުކާރުގެ މުވައްޒިފުންނަށް ބޯނަސް ލިބޭނީ ފާއިތުވި އަހަރު އެކަށީގެންވާ ފެންވަރެއްގައި މަސައްކަތް ކޮށްފައިވާނަމައެވެ. 


އެކަށީގެންވާ ފެންވަރުގައި މަސައްކަތް ނުކުރާނަމަ މަސައްކަތް ރަނގަޅު ކުރުމަށް 3 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެ މުއްދަތުގައި ވަޒީފާގެ ކުރިއެރުމެއްވެސް އަދި މުސާރައިގެ ކުރިމާއި އިނާޔަތެއްވެސް ނުލިބޭނެއެވެ. 


މިއީ ސައުދީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ނިންމި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. 


މިފަދަ ފިޔަވަޅެއް އެޅުމުގެ ބޭނުމަކީ ސިވިލް ސަރވިސްގައި ތިބި 1.5 މިލިއަން މުވައްޒިފުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމެވެ. އެމީހުންގެ ފަރާތުން ސަރުކާރަށާއި ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމެވެ.


ސަރުކާރުން ބުނެފައިވަނީ މުވައްޒިފުންނަށް ބޮޑެތި ހޭދަތަކެއް ކުރަމުންގެންދާއިރު އެއާއިއެއްވަރުގެ ޚިދުމަތެއް މުވައްޒިފުންގެ ކިބައިން ލިބެންޖެހޭނެ ކަމަށެވެ.  

މިއަދު އޮންލައިން