އަންހެނުންނަށް ޚާއްސަކޮށްގެން އަންނައަހަރު އެމްސީޔުނައިޓެޑުން ބާއްވާ ޓީޗާސް ފުޓުސަލް މުބާރާތުގެ މެއިންސްޕޮންސަރޝިޕް ހިތަދޫ އީ-ހަބުން ނަގައިފި ކަމަށް އެމްސީޔޫއިން ބުނެފިއެވެ.
އެމްސީޔޫގެ ޔޫތު ކޯޑިނޭޓަރ އިބްރާހީމް ޟިރާރު ބުނީ އެތަނުން މެއިންސްޕޮންސަރ ނެގުމުން މުބާރާތް ބާއްވާނީ ހިތަދޫގައިކަން މިހާރުވަނީ ކަށަވަރުވެފައި ކަމަށެވެ. އެއީ މުބާރާތް ރާވާފައިވާ ގޮތުން މުބާރާތް ބާއްވާނީ މެއިންސްޕޮންސަރ ނަގާ ފަރާތެއް ނިސްބަތްވާ ރަށަކަށް ކަމަށްވާތީއެވެ.
މުބާރާތް ބާއްވާނީ “އީ-ހަބް- އެމްސީޔޫ ޓީޗަރސް ކަޕް 2017 އައްޑޫސިޓީ” ގެ ނަމުގައެވެ. ޟިރާރު ބުނީ މިމުބާރާތަށް ހިތަދޫގެ ވިޔަފާރިވެރިންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެކަމަށްޓަކައި އެފަރާތްތަކަށް ޝުޖރު އަދާކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
ހިތަދޫގައި މުބާރާތް ބާއްވާނީ ހިތަދޫ ޔޫތު ސެންޓަރުގެ އެހީއާއެކު އެތަނުގެ ފުޓުސަލް ދަނޑުގައި ކަމަށްވެސް އޭނާ ބުންޏެވެ.
މުބާރާތް ބާއްވާނީ އަންނަ އަހަރު ފެބުރުއަރީ 25 ވަނަ ދުވަހުއެވެ. މުބާރާތުގައި މިފަހަރު ޖުމްލަ 12 ޓީމް ބައިވެރިކުރާނެއެވެ.