ދުބާޢީގެ ޓެކްސީއެއްގައި ދަތުރުކުރި ފަސިންޖަރަކު ޓެކްސީގައި ބާއްވާފައި ދިއަ 25 ކިލޯ ރަން ވެރިފަރާތާއި ހަވާލުކުރުމުން ދުބާއީ ޓެކްސީ ކޯޕޮރޭޝަނުން އެކަމުގެ އަަގު ވަޒަންކޮށް ފައިސާގެ ބޮޑު އިނާމެއް ދީފިއެވެ.
ޓެކްސީ ޑްރައިވަރު، ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ލިތޯން ޗަންދްރަނާތު ބުނީ އޭނާ އަށް އެ ރަންތައް ހިފައިގެން ފިލުމުގެ ފުރުޞަތު ކިތަންމެ ރަނގަޅަކަށްވެސް ލިބުނު ކަމަށާއި ނަމަވެސް އޭނާ އަކީ މުސްލިމެއް ނޫން ނަމަވެސް އޭނާއަކީ ޙަލާކު ނޫން އެއްވެސް އެއްޗެއް ބޭނުން މީހެއް ނޫން ކަމަށެވެ.
ޑޮލަރުގެ މާކެޓް އަގަށް ބަލައިފި ނަމަ އެއީ 1،021،100 (އެއް މިލިއަން އެކާވީސް ހާސް އެއްސަތޭކަ) ޑޮލަރެވެ.
ދުބާއީ ޓެކްސީ ކޯޕޮރޭޝަނުން ބުނީ ގެއްލުނު ކަމަށް ބުނާ ތަކެތީގެ 59 އިންސައްތަ ޑްރައިވަރުން އަނބުރާ ރައްދުކުރާ ކަމަށެވެ.
"ދެން ފަސިންޖަރުން ތިބޭ ހާލެއްވެސް ނޭނގެ ދާދިފަހުން ޖެހިއްޖެ ޓެކްސީގެ ފަހަތު ސީޓުގަ ބާއްވާފަ ދިއަ ތުއްތު ކުއްޖެއްވެސް ޢާއިލާ އާ ހަވާލުކުރަން." ޑީޓީސީގެ ޗީފް އެގްޒެކަޓިވް އޮފިސަރު ޑރ. ޔޫސުފް އަލް އަލީ ވިދާޅުވިއެވެ.
ޑރ.ޔޫސުފް ވިދާޅުވީ ޢާއިލާ ކާރުން ފައިބައިގެން ދިއައީ ތުއްތު ކުއްޖާ ފަހަތު ސީޓަށް ދޫކޮށްލާފައި ކަމަށާއި އެކަން އެނގުމުން ފުލުހަށް ރިޕޯޓް ކުރީ ކުއްޖާ ގޮވައިގެން ޑްރައިވަރު ފިލައިފި ކަމަށް ކަމަށެވެ. އަދި އެރިޕޯޓް ފުލުހުންނަށް ކުރިއިރު ޑްރައިވަރު ވަނީ އެ ކުއްޖާ ގެނެސް ޑީޓީސީ އާއި ހަވާލުކޮށްފައި ކަމަށެވެ.