ރޭލްވޭ ތަރައްޤީ ކުރުމުގަވެސް ޔޫރަޕަށްވުރެ ކުރީގަ ޗައިނާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ރޭލްވޭ ތަރައްޤީ ކުރުމުގަވެސް ޔޫރަޕަށްވުރެ ކުރީގަ ޗައިނާ!

ރޭލްވޭ ތަރައްޤީކުރުމުގެ މަސައްކަތުގައިވެސް ޗައިނާ އޮތީ ޔޫރަޕަށްވުރެ ކުރީގައިކަން ދައްކާލައިފިއެވެ. ޔޫރަޕްގެ ކުންފުނިތަކަށްވުރެ ފުރިހަމައަށް އިތިއޯޕިއާގައި ރޭލްވޭއެއް ތަރައްޤީކޮށްގެންނެވެ. 


އިތިއޯޕިއާގެ ވެރިރަށް އަޑިސްއަބަބާ އާއި ޖިބޯތީގެ ޖިބޯތީ ޕޯޓާއި ދެމެދު ދަތުރުކުރުމަށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ރޭލްވޭ ކޮންސްޓްރަކްޝަން ކޮމްޕެނީން ތަރައްޤީކުރި 752 ކިލޯ މީޓަރު ދިގު ރޭލްވޭ އަކީ ޗައިނާއިން ޗައިނާގެ ފެންވަރަށް ފުރަތަމަ ޤައުމުން ބޭރުގައި ތަރައްޤީކުރި ރޭލްވޭއެވެ. 


މި ރޭލްވޭ ތަރައްޤީކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ ރޭލްވޭ ގްރޫޕާއި ޗައިނާ ސިވިލް އިންޖިނިއަރިންގ ކޮންސްޓްރަކްޝަން ކޯޕޮރޭޝަން ގުޅިގެންނެވެ. 


ޗައިނާ އާއި އެފްރިކާގެ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމުގެތެރެއިން ތަރައްޤީކުރި މި ރޭލްވޭގެ ސަބަބުން ވިޔަފާރިތަކަށް އިތުރުކުރިއެރުން ލިބިގެންދާނެއެވެ. މިރޭލްވޭގެ ސަބަބުން މިހާރު 7 ދުވަހުން ކުރާ ދަތުރު އެންމެ 10 ގަޑިއިރަށް ކުރުވެގެންދާނެއެވެ.

މިއަދު އޮންލައިން