އެމެރިކާގެ ޓެކްސް ނުދައްކާ މީހުން އަތުން ދުވާލަކު ދޮޅު ލައްކަ ޑޮލަރު އަތުލަމުން ދިއަ އިންޑިއާ ބައަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އެމެރިކާގެ ޓެކްސް ނުދައްކާ މީހުން އަތުން ދުވާލަކު ދޮޅު ލައްކަ ޑޮލަރު އަތުލަމުން ދިއަ އިންޑިއާ ބައަކު ހައްޔަރުކޮށްފި

ވަގު ކޯލް ސެންޓަރެއް ހަދައި އެމެރިކާގެ ޓެކްސް ނުދައްކާ މީހުން އަތުން ދުވާލަކު ދޮޅު ލައްކަ ޑޮލަރު އަތުލަމުން ދިއަ އިންޑިއާ ބައަކު އިންޑިއާގެ ތާނޭ އިން ހައްޔަރުކޮށްފިއެވެ.


ފުލުހުން ބުނީ މިމައްސަލައިިގައި 750 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންދިއަ ކަމަށާއި 70 މީހަކު ރަސްމީކޮށް ބަންދުކުރެވިފައިވާ ކަމަށެވެ.


ފުލުހުން ބުނީ އަތުލައި ގަނެވުނު މީހުންގެ އަތުގައި އެމެރިކާގެ ޓެކްސް ނުދައްކާ މީހުންގެ ލިސްޓެއް އޮންނަ ކަމަށާއި އެމީހުންނަށް ދެމުން ގެންދިއައީ އަނބުރައި ގުޅުމަށް "ކޯލްމީ ބެކް" ވޮއިސް މެސެޖުތަކެއް ކަމަށެވެ. އަދި އެއީ ރަނގަޅު ކޯލެއް ކަމަށް ބަލައި އަނބުރާ ގުޅާ މީހުންނަށް ބިރުދައްކައިގެން ފައިސާ ހޯދަމުން ގެންދާތާ އަހަރެއްހައި ދުވަސްވެއްޖެ ކަމަށެވެ. 


ފުލުހުން ބުނީ ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެއް އަހަރުދުވަސްތެރޭގައި 55 މިލިއަން ޑޮލަރު މިމީހުން ހޯދާފައިވާކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. 


ފުލުހުން ބުނީ މިކަމުގައި 600 ވަރަކަށް މީހުން ބައިވެރިވާކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އަދި އަތުލެވުނު މީހުންގެ އަތުން އަތުލެވިފައިވާ ޖާޑް ޑިސްކް ފަދަ ތަކެތި ބޭނުންކޮށްގެން އިތުރު މައުލޫމާތު ހޯދަމުން ގެންދާ ކަމަށެވެ. 


އެމެރިކާގެ އެފްބީއައި އިންވެސް ގެންދަނީ އިންޑިއާގެ ފުލުހުންނާއިއެކު ތަޙްޤީޤްގައި މަސައްކަތް ކުރަމުންނެވެ.

މިއަދު އޮންލައިން