ހައްޖުގަ ސައުދީން ފޯރުކޮށްދިން ޚިދުމަތްތަކަށް 17 ޤައުމަކުން ޝުކުރު އަދާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހައްޖުގަ ސައުދީން ފޯރުކޮށްދިން ޚިދުމަތްތަކަށް 17 ޤައުމަކުން ޝުކުރު އަދާކޮށްފި

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަހަރު ހައްޖަށް ދިއަ ޙައްޖުވެރިންނަށް ސައުދިއަރަބިޔާއިން ފޯރުކޮށްދިން ޚިދުމަތްތަކުގެ ފުރިހަމަކަމަށްޓަކައި 17 ޤައުމަކުން ސައުދިއަރަބިޔާގެ ރަސްގެފާނު ސަލްމާން ވިން ޢަބްދުއްއަޒީޒް އަށާއި އެމަނިކުފާނުގެ ސަރުކާރަށް ޝުކުރު އަދާކޮށްފިއެވެ. 


މީގެތެރޭގައި އީޔޫގެ ޤައުމުތަކާއި އެމެރިކާ ކޮންޓިނެންޓްގެ ޤައުމުތަކާއި މެދުއިރުމަތީގެ ޤައުމުތައް ވެސް ހިމެނެއެވެ. 


ހައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތް ވީހައި ފުރިހަމަ ކުރުމަށް ސަލްމާން ރަސްގެފާނު ކުރައްވަވަމުން ގެންދަވާ މަސައްކަތްޕުޅުތައް ޤައުމުތަކުން ވަނީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްފައެވެެ. 


ސައުދިއަރަބިޔާއިން މިއަހަރު ހައްޖުވެރިންނަށް ފޯރުކޮށްދިން ޚިދުމަތްތަކުގެ ފުރިހަމަކަން ރާއްޖޭގެއަމީރުލްޙައްޖު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙް އާއި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ބާޤިރް އާއި މޯލްޑިވްސް ޙައްޖު ކޯޕޮރޭޝަނުގެ އެމްޑީ ޔާމީން އިދްރީސް އާއި އަމިއްލަ ގްރޫޕުތަކުންވެސް ވަނީ ފާހަގަކޮށްފައެވެ. 


ޙައްޖުވެރިންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ވީހައި ފުރިހަމައަކަށް ފޯރުކޮށްދިނުމަށް ބާރު އަޅުއްވައި ޚިދުމަތް ދިނުމުގައި އެއްވެސް ފަރާތަކުން ފެއިލްވެއްޖެނަމަ އެފަރާތަކާއިމެދު ފިޔަވަޅު އަޅުއްވާނެކަން ހައްޖު މޫސުން ފެށުމުގެ ކުރިން ސަލްމާން ރަސްގެފާނު ވަނީ އިއުލާނުކުރައްވައިފައެވެ.

މިއަދު އޮންލައިން