ކަނޑުމަގުން ޣާޒާއަށް ދާން މަސައްކަތްކުރި ދުނިޔޭގެ މަތީފެންވަރުގެ 13 އަންހެނުން ޔަހޫދީން ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ކަނޑުމަގުން ޣާޒާއަށް ދާން މަސައްކަތްކުރި ދުނިޔޭގެ މަތީފެންވަރުގެ 13 އަންހެނުން ޔަހޫދީން ހައްޔަރުކޮށްފި

ބާސެލޯނާ އިން ފުރައިގެން ކަނޑުމަގުން ފަލަސްޠީނުގެ ޣާޒާއަށް ދިއުމަށް މަސައްކަތް ކުރި ދުނިޔޭގެ މަތީ ފެންވަރުންގެ 13 އަންހެނުން، ހައްދުފަހަނައަޅާފައިވާ ޔަހޫދީންގ ކަނޑުގެ ސިފައިން ހައްޔަރުކޮށްފިއެވެ. 


ޒައިތޫނާ- އޮލިވާ ބޯޓު ބާސެލޯނާއިން ޣާޒާއަށް ފުރީ ސެޕްޓެމްބަރު އެ ބޯޓަށް "އަންހެނުންގެ ބޯޓުގެ ނަމުން ނަންދީގެންނެވެ. ބުދަ ދުވަހު ހަވީރު ދުވަހު ބޯޓު ހުއްޓުވައި އެއިގައި ތިބި ހުރިހައި އަންހެނުން ހައްޔަރުކުރީ ޣާޒާ އާއި 35 މޭލު ބޭރުންނެވެ. 


ފޮޓޯ: އޭއެފްޕީ- ޣާޒާގެ ރައްޔިތުން އަންހެނުންގެ ބޯޓަށް މަރުހަބާ ކިޔަން ނުކުމެ ކަނޑުގަ ފޮޓޯ: އޭއެފްޕީ- ޣާޒާގެ ރައްޔިތުން އަންހެނުންގެ ބޯޓަށް މަރުހަބާ ކިޔަން ނުކުމެ ކަނޑުގަ


ބޯޓުން ދަތުރުކުރި އަންހެނުންގެ ތެރޭގައި ޞުލްޙައިގެ ނޯބަލް ޕްރައިޒް ލިބިފައިވާ އަންހެނުންނާއި ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ޤާނޫނީ ވަކީލުން ވެސް ހިމެނެއެވެ. 


މީގެތެރޭގައި ތަފާތު ޤައުމުތަކަށް ނިޞްބަތްވާ އަންހެނުން ހިމެނެއެވެ. އޮސްޓްރޭލިއާ، ނިޔުޒީލަންޑް، އަޔަރލަންޑް، ނޯވޭ، ރަސިއާ، ސްޕޭން، ސައުތް އެފްރިކާ، އިނގިރޭސި ވިލާތް، ސްވިޑްން ފަދަ ޤައުމުތަކުގެ އަންހެނުން ހިމެނެއެވެ. 


13 އަންހެނުންގެ ބޭނުމަކީ ޣާޒާ ހިޞޯރުކޮށްފައި އޮންނަ އައުން ނިމުމަކަށް ގެންނަންޖެހިފައިވާ ކަމުގެ މެސެޖް އިޒްރޭލަށް ދިނުމާއިއެކު ބައިނަލްއަޤްވާމީ މުޖުތަމައުގެ ފުރިހަމަ ތާއީދު ޣާޒާގެ ރައްޔިތުންނަށް އޮތްކަން ހާމަކުރުމެވެ. 


އިޒްރޭލުން އެ ބޯޓުގައި ތިބި 13 އަންހެނުން ހައްޔަރުކުރުމަށްފަހު އަދި ޝަރީއަތަށް ފޮނުވާފައެއް ނުވެއެވެ. ޔަހޫދީން 13 އަންހެނުން އަތުލައިގަތްފަހުން އެއްވެސް އަންހެނަކާއި ފޯނުންވެސް ގުޅިފައެއް އަދި ނުވެއެވެ. 

މިއަދު އޮންލައިން