ފާތިމަތު ސަޢީދު
ހިޔަލުގަ ގަހެއްދޮށުގާ ހުއްޓަ ފެނުނޭ
ނިޔަނެތި ހިނގުމުގާ ދާ ފަރިގޮމާއޭ
ފިޔަތައްވި ނާޒުކު ހީވީއެމަލެކޭ
ތިޔައީ ދެވަނައެއްނެތް ފަރިގޮމާއޭ،
ރަވައެކަޅިނަލަ ހިތިފަތުގެ ބުމައެއް
ނަލަކުރަނގި ސިފަޔަށް ބައްޓަންވިދެލޮލެއް
ގަލަމުންކުރުންދަތި ސިފަރީތިހިނގުމއް
ނަލަކަންދުށުންވީ އެދިފަރިގޮމާއޭ
ރަންކަސަބުއެޅި ބޯވަޅުލިބާހާ
ރަންބައިންކަސަބުޖެހި ފޭއްޔެއްގެވިދުމާ
ރަންއަތުއުޅިއިންޒީނަތްތެރިވެ ފުރިހަމަ
ހަންހާރަވެތިކަންދިން ފަރިގޮމާއޭ
ހުޅިރިވެތިނަލަ އިހިފުނަލުބައްޓަން
މުޅިހަށިގަނޑުގެ ކުލަޖަންބަކުގެސިފަޔަށް
ކުޅިވެރިރަނގަޅުހެޔޮޝަހުސިއްޔަތެއްވާ
ގުޅުމަށް އެދޭއެންމެންފަރިގޮމާއޭ
މާބަގީޗާއެއްގައިނަމައީ
މާތަކުގެ ރާނީއެއްފަރިކަމަށްވީ
މާބުރުކޮކާލުގެއެއަމާޒަކަށްވީ
ކާކުގެނަސިބެއްތޯފަރިގޮމާއޭ
