ރޯވިން އެސޯސިއޭޝަންގެ ކޯޗަކާއި އެތުލީޓަކު ތަމްރީން ދަތުރެއްގައި އިއްޔެ ތައިލެންޑަށް ފުރައިފިއެވެ.
ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ އެތުލީޓެއްގެ ގޮތުގައި ދިޔައީ ޝަރަފުއްދީން ސްކޫލުގެ ދަރިވަރު ހުސައިން ހުސާއެވެ. ކޯޗަކަށް ދިޔައި މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތް ކުރައްވާ ހަސަން ޝިޔާން ކަމަށެވެ. ހަސަން ޝިޔާނަކީ ރޯވިން ލައިސަންސް އޮންނަ ތަޖުރިބާކާރު ކޯޗެއް ކަމަށް ހަބީބު ވިދާޅުވިއެވެ.
މި ޓީމް ތައިލެންޑަށް ދިޔައީ ދެހާސް އަށާރަވަނަ އަހަރު ބާއްވާ ޖޫނިއަރ ޔޫތުއޮލިމްޕިކް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ތަމްރީންތަކެއްގައި ބައިވެރިވުމަށެވެ. ތަމްރީން ނިންމައި ޓީމް ރާއްޖެ އަންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.