"ކުށްވެރިން މަރައި ހުސްކުރާނެ ކަމަށް ބުނުމަކީ ޤާނޫނުގައި މަނާކުރާ ކުށެއް ނޫން ކަމަށާއި އަދި ކުށްވެރިން ހަމަ މަރައި ހުސްކުރާނެކަމަށް އަދިވެސް ބުނާނަން" ކަމަށް ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ވިދާޅުވެއްޖެއެވެ.
ފިލިޕިންސްގެ ވެރިކަމާއި ރޮޑްރިގޯ ހަވާލުވެވަޑައިގެންނެވިފަހުން ފުލުހުން ކުށްވެރިން މަރަމުން ގެންދާ އަދަދަށް ބަލާއިރު ކޮންމެ މަހަކު ގެންދަނީ 1000 ކުށްވެރިން މަރަމުންނެވެ.
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު މިކަމާމެދު ކަންބޮޑުވުން ފައުޅުކުރުމުން ރޮޑްރިގޯ ވިދާޅުވެފައި ވަނީ އެއީ އެކޯޓާއި ބެހޭ މަސައްލައެއް ނޫން ކަމަށެވެ. "އަހަރެން މިހާރުވެސް ވަރަށް ސާފުކޮށް މިބުނަނީ މިޤައުމުގަ ތިބި ކުށްވެރިން މަރާނަމޭ. މަރައި ހުސްކުރާނަމޭ. މިއީ މި ޤައުމުން ކުށްކުރުން ހުއްޓުވަން އަހަރެން ފުހުންނަށް ދޭ ލައިސަންސެއް ކަމަށް ބަލާށޭ."
ރޮޑްރިގޯ ވިދާޅުވީ ކުށްވެރިންނަށް ޖެހޭނީ ކުށްކުރުން ހުއްޓައިލަން ކަމަށެވެ. ޑްރަގް ބޭނުންކުރާ މީހުންނަށް ޖެހޭނީ އެކަން ކުރުންވެސް ހުއްޓާލަން ކަމަށެވެ. އަދި ޑްރަގް އެތެރެކޮށް ވިއްކާ މީހުންނަށް ޖެހޭނީ އެކަންކަން ކުރުންވެސް ހުއްޓާލައި އަތުގައި އެއްޗެއް ހުރިނަމަ އެ އެއްޗެއް ހިފައިގެން ފިލިޕިންސުން ބޭރަށް ދިއުމަށް ކަމަށެވެ.