ހަމަ ބޭނުންވާއިރަށް ބިދޭސީއަކާ ކައިވެނި ނުކުރެވޭ ގޮތަށް ޤަވާއިދު އިިޞްލާހުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ހަމަ ބޭނުންވާއިރަށް ބިދޭސީއަކާ ކައިވެނި ނުކުރެވޭ ގޮތަށް ޤަވާއިދު އިިޞްލާހުކޮށްފި

ސައުދީ ރައްޔިތަކު ހަމަ ބޭނުންވާއިރަށް ބިދޭސީއަކާއި ކައިވެނި ނުުކުރެވޭ ގޮތަށް ޤަވާއިދު އިިޞްލާހުކޮށްފިއެވެ. އެގޮތުން ފާސްކުރި އެއް ކަމަކީ ކައިވެންޏެއް ކުރިން ކޮށްފައިވާނަމަ ވަރިކުރިތާ 2 އަހަރު ފުރިހަމަވެފައިވުމެވެ. 


ޤަވާއިދަށް ގެނައި ބަދަލުތަކުގެތެރޭގައި ފިރިހެނަކު ނަމަ މަދުވެގެން މަހަކު 3000 ރިޔާލައިގެ އާމްދަނީއެއް ލިބުމާއި އަނބިމީހާ ގެންގުޅެވޭނެ ވަޒަނެއް ހުރުން ހިމެނެއެވެ. އަދި ފިރިހެނަކީ 40 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކަށްވުން ވެސް ހިމެނެއެވެ. 


ބިދޭސީ އަންހެނަކު ނަމަ އުމުރުން 25 އަހަރުވުމާއި ކައިވެނިކުރާ ސައުދީ ފިރިހެނާގެ އުމުރުގެ ގޮތުން 30 އަހަރަށްވުރެ ބޮޑު ތަފާތެއް ނެތުން ވެސް ހިމެނެއެވެ. 


ސައުދީ އަންހެނަކާއި ކައިވެނިކޮށްގެން ހުރެ ބިދޭސީ އަންހެނަކާއި ކައިވެނިކުރަން ބޭނުންވާނަމަ އަނބިމީހާއަކީ ބޮޑުބައްޔެއް ހުރި އަންހެނެއް ކަމަށް ނުވަތަ ދަރިން ލިބުމުގައި މައްސަލަ ހުރި އަންހެނެއްކަން އަންގައިދިނުމަށް ހޮސްޕިޓަލެއްގެ ލިޔުންތައް ހުށަހަޅަންޖެހެއެވެ. 


ބިދޭސީ ފިރިހެނުންނާއި ކައިވެނިކުރަން ބޭނުންވާ އަންހެނަކު ނަމަ އޭނާއަކީ 30 އަހަރާއި 66 އަހަރާއި ދެމެދުގެ އަންހެނެކަށް ވާންޖެހެއެވެ. އަދި އުމުރުގެ ތަފާތު 20 އަހަރަށްވުރެ ތަފާތު ބޮޑުނުވުމަކީ ވެސް ޝަރުޠެކެވެ. 


މިފަދަ ގިނަ އިޞްލާޙްތަކެއް ޤަވާއިދަށް ގެނައުމުގެ ބޭނބުމެއް ކަމަށް ބުނެފައިވަނީ ވަރި މަދުކުރުމެވެ. އަދި ސައުދީންގެ ކައިވެނިތައް ހިމާޔަތްކުރުން ކަމަށެވެ.

މިއަދު އޮންލައިން