ތުލުސްދޫ އޮފީސްތަކުގެ ފުޓްސަލް މުބާރާތް: ތުލުސްދޫ ޕޮލިސް ސްޓޭޝަން ކުޅުނު ދެ މެޗުވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ތުލުސްދޫ އޮފީސްތަކުގެ ފުޓްސަލް މުބާރާތް: ތުލުސްދޫ ޕޮލިސް ސްޓޭޝަން ކުޅުނު ދެ މެޗުވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފި

ކ.ތުލުސްދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އޮފީސްތަކުގެ ފުޓްސަލް މުބާރާތުގައި ތުލުސްދޫ ޕޮލިސް ސްޓޭޝަންގެ ޓީމް ކުޅުނު 02 މެޗް ވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.


މި އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި އަތޮޅު ކައުންސިލް ޓީމާ ވާދަކޮށް ތުލުސްދޫ ޕޮލިސް ސްޓޭޝަންގެ ޓީމް މެޗް ކާމިޔާބުކޮށްފައިވަނީ 10-2 ގެ ނަތީޖާ އަކުންނެވެ.


ދެވަނަ މެޗް ތުލުސްދޫގެ އެކި މުއައްސަސާތަކުން ހޮވާލެވުނު ކޮންބައިން ޓީމާ ވާދަކޮށް ތުލުސްދޫ ޕޮލިސް ސްޓޭޝަންގެ ޓީމް މެޗް ކާމިޔާބު ކުރީ 5-2 ގެ ނަތީޖާ އަކުންނެވެ.


2016 އޮކްޓޯބަރ 15 ން 29 އަށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 7 ޓީމަކުން ބައިވެރިވެއެވެ. މި މުބާރާތް ރާވާލާފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ދާގޮތަށެވެ.


މި މުބާރާތުގައި ތުލުސްދޫ ޕޮލިސް ސްޓޭޝަންގެ ޓީމް ކުޅޭ ތިންވަނަ މެޗްގައި މިއަދު ވާދަކުރާނީ ތުލުސްދޫ ހެލްތް ސެންޓަރުގެ ޓީމާއެވެ.


ރަށްރަށުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ އެރަށްރަށުގެ މުއައްސަސާތަކުން ބާއްވާ މިފަދަ ކުޅިވަރު މުބާރާތްތަކުގައާއި އިޖުތިމާޢީ ކަންކަމުގައި ބައިވެރިވަމުންނެވެ


ޅަބަރު: އެމްޕީއެސް


 


 

މިއަދު އޮންލައިން