ހަށިގަނޑު ވަކިކުރި ދެބެއިންގެ ހާލު އަންނަނީ ރަނގަޅުވަމުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ހަށިގަނޑު ވަކިކުރި ދެބެއިންގެ ހާލު އަންނަނީ ރަނގަޅުވަމުން!

ސައުދިއަރަބިޔާގެ ޑޮކްޓަރުން ބުރާސްފަތި ދުވަހު ހަށިގަނޑު ވަކިކުރި ދެބެއިންގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް އޮޕަރޭޝަން ކުރި ޑޮލްޓަރުންގެ ޓީމުން ބުނެފިއެވެ. 


ޓީމުގެ އިސް ޑޮކްޓަރެއް ކަމަށްވާ ޑރ.ޢަބްދުﷲ އަލް ރަބީޢާ ދެބެއިން ބެއްލެވުމަށްފަހު މިއަދު ވިދާޅުވީ މިހައިތަނަސް ހުރިހައި ކަންކަން ހުރީ ހަމަ ރަނގަލަށް ކަމަށެވެ


ޑޮކްޓަރު ވިދާޅުވީ އެލީންގެ ހާލު ރަނގަޅުވަމުން އަންނަ މިންވަރު އަވަސް ކަމަށާއި ދާދި އަވަހަށް އޭނާ ހޭއަރާނެ ކަމަށެވެ. އަދި ވެންޓިލޭޓަރުންވެސް ނައްޓައިލެވޭނެ ކަމަށެވެ. 


ޑޮކްޓަރު ވިދާޅުވީ ދެވަނަ ކުއްޖާ އޭލަންގެ ހާލުވެސް އަދި ރަނގަޅު ކަމަށާއި ނަމަވެސް އޭނާގެ މައްސަލަތައް ގިނަ ކަމަށެވެ. 


މިފަދަ އޮޕަރޭޝަންތައް ކުރަނީ އެކަމަށް ޚާއްޞަ ޑޮކްޓަރުންނެވެ. މިކަމުގެ ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ހޯދަން އެހެން ޤައުމުތަކުންވެސް ސައުދިއަރަބިޔާއަށް މީހުން ދެއެވެ.

މިއަދު އޮންލައިން