ކާރު އެކްސިޑެންޓްވެ ދެބެން އެކުގައި މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ކާރު އެކްސިޑެންޓްވެ ދެބެން އެކުގައި މަރުވެއްޖެ

ދުއްވި ކާރު އެކްސިޑެންޓްވެ ދެބެއިން އެކުގައި މަރުވެއްޖެއެވެ. 


ދުބާއީގެ ފުލުހުން ބުނީ މިހާދިސާ ހިނގީ ބުރާސްފަތި ދުވަހު އުމުރުން 25 އަހަރުގެ ހަލްތާމް އާއި އޭނާގެ ކޮއްކޮ، އުމުރުން 24 އަހަރުގެ މުޙައްމަދު އަވާދު އަލްޒާބީ ދުއްވި ކާރު ބަރުވެހިކަލްގައި ޖެހިގެން ކަމަށެވެ. 


ދެބެންގެ އާއިލާއިން ބުނީ ދެބެއިން މަރުވި ކަމުގެ ޚަބަރު ފުލުހުންގެ ކިބައިން ލިބުނީ ދެބެއިންގެ ޚަބަރެއް ނުވެ  ލަސްވެގެން ހޯދާތާ 36 ގަޑިއިރު ފަހުން ކަމަށެވެ. އަދި އެކަމުގެ ޚަބަރު ލިބުމުން ޢާއިލާގެ އެންމެންނަށް ހަތަރު އުދަރެސް ފެނުޖެހުނު ކަމަށެވެ. 


"ﷲ ދެއްވަވާނީވެސް. ގެންދަވާނީވެސް. ނަމަވެސް މިއީ ހާދަ ބޮޑު ހިތާމައެކޭ. އެއީ ހާދަ ބަސްއަހާ ދެބެއިންނޭ." މަންމަ ރޮމުން ކިޔައިދިނެވެ. 


ފުލުހުން ބުނީ ކާރުގައި ދުއްވީ 3 މީހުން ކަމަށެވެ. އެއިގެތެރެއިން ކާރުގެ ވެރިމީހާ މަރުނުވާ ކަމަށާއި ލިބިފައިވާ އަނިޔާ ބޮޑުކަމުން އައިސީޔޫގައި ފަރުވާދެމުން ގެންދާ ކަމަށެވެ. 


މިދެބެއިންނަކީވެސް އަބޫދާބީގައި މަސައްކަތްކުރާ ދެބެއިންނެވެ. ރަޙްމަތްތެރިޔާގެ ކާރުގައި ދިއައީ ދުބާއީއަށް ދިއުމަށެވެ.  


 

މިއަދު އޮންލައިން