ޗައިނާ ސްޓައިލަށް ކައްކާ ބައެއް ސޫޕުގެ ރަހަ އެންމެ މީރުކުރަން އަޅާ ދޫނި ހާލިތަކެއް ލަންކާ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ނައްތާލައިފިއެވެ.
ކަސްޓަމުން ބުނީ ނައްތައިލީ 90 ކިލޯގެ ހާލި ކަމަށާއި މަގުމަތީ އަގުން ބަލައިފިނަމަ އެއީ 500،000 ޑޮލަރުގެ ތަކެތި ކަމަށެވެ. އަދި އެތަކެއްޗަކީ ފާއިތުވި 4 އަހަރެއްހައި ދުވަސްތެރޭގައި ލަންކާގެ އެއާޕޯޓުތަކުން ވަގަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވިފައިވާ ތަކެތި ކަމަށެވެ.
މިބާވަތުގެ ދޫނި ހާއްޔަކީ ޗައިނާގެ އެންމެ މަޝްހޫރު ސޫޕްތަކުގެ ތެރޭގައި ހިމެނޭ "ބަރޑްސް ބެސްޓް ސޫޕުޕް"ގެ ރަހަމީރުކުރަން ބޭނުންކުރާ އެންމެ މުހިންމު އެއްބާވަތެވެ.
ކަސްޓަމްސް އޮފިޝަލަކު ބުނީ މިބާވަތުގެ ތަކެތި އެހެން ޤައުމުތަކުން ތަފާތު ފަނިފަކުސަ އިތުރުވާ ކަމަށާއި ބައެއް ބަލިތައްވެސް އިތުރުވާ ކަމަށެވެ. އެހެންކަމުން ރަހަމީރުކުރަން ކިތަންމެ ބޭނުންވި ނަމަވެސް މިފަދަ ކަންކަމަށް ފުރުޞަތު ނުދޭނެ ކަމަށެވެ.