ފިލިޕިންސްގެ ދެ ވަނަ ޑްރަގް ކިންގ، ރޮލާންޑޯ ކެރްވިން އެސްޕޮނޯސާ ދުބާއީ އިން އަތުލައިގެންފިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އާދީއްތަ ދުވަހުގެ ރޭ 10:00 ހައިިރުއެވެ.
އެކަަން ވަނީ ދުބާއީ ފުލުހުންގެ އިތުރުން ޔޫއޭއީގައި ހުރި ފިލިޕިންސްގެ އެމްބަސީން ވެސް ކަށަވަރުކޮށްދީފައެވެ.
ރޮލާންޑޯ ކެރްވިން އެސްޕޮނޯސާ އާއި އޭނާގެ ބައްޕަ އަލްބުއެރާ މޭޔަރ އަކީ ފިލިޕިންސްގެ ޑްރަގް ކިންގުންގެ ލިސްޓުގެ އެންމެ ކުރީގައިވާ ދެ މީހުންނެވެ.
ޑްރަގް ކިންގ އަތުލައިގަތުމަށް ހިންގި ޚާއްޞަ އޮޕަރޭޝަން ހިންގާފައިވަނީ ފިލިޕިންސްގެ ފުލުހުންނާއި އަދި އިންޓަރޕޯލްގެ ވެސް އެހީތެރިކަމާއިއެކުގައެވެ. ބައެއް ރިޕީޓްތައް ބުނާ ގޮތުން ޑްރަގް ކިންގ ދުބާއީގައި އުޅެމުންދަނީ ސެޕްޓެމްބަރު 27 ވަނަ ދުވަހުން ފެށިގެން ޓޫރިސްޓް ވިސާގައެވެ. އަނެއްބައި ރިޕޯޓުތަކުގައި ބުނެފައިވަނީ 1 އޮގަސްޓުން ފެށިގެން ކަމަށެވެ.
އޭނާ އަތުލައިގަތީ އޭނާގެ ނަމުގަ ގަނެފައިވާ ފްލެޓެއްގައި ދިރިއުޅެނިކޮށެވެ. ރެޒިޑެންސް ވިސާ ނެތި ފްލެޓެއް ގަނެވުނު ގޮތް ފުލުހުން ދަނީ ބަލަމުންނެވެ.
ފުލުހުން ބުނީ އޭނާ އާއި ގުޅުންހުރި ގިނަ ބައަކު ތިބޭނެ ކަމަށް ޤަބޫލުކުރެވޭ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ.