ހައްދު ޖަހަމުން ގެންދިއައިރު ރައްޔިތުން ގެންދިއައީ އަތްތިލަބަޑި ޖަހައި އުފާފާޅުކުރަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ހައްދު ޖަހަމުން ގެންދިއައިރު ރައްޔިތުން ގެންދިއައީ އަތްތިލަބަޑި ޖަހައި އުފާފާޅުކުރަމުން!

އިންޑޮނޭސިއާގައި އިސްލާމީ ޝަރީއަތް ޤާއިމުކުރާ ހަމައެކަނި ޕްރޮވިންސް ކަމަށްވާ އެސެހްގައި އާންމުންގެ ކުރިމަތީތައި 13 މީހަކު ހައްދުޖަހައިފިއެވެ.


ހައްދުޖަހަމުންދިއައިރު އެމީހުންނަށް އެޅިވޭނުން ރޮމުން ގެންދިއައިރު އެއްވެފައި ތިބި ގިނަ އަދަދެއްގެ ރައްޔިތުން ގެންދިއައީ އަތްތިލަބަޑިޖަހައި އުފާ ފައުޅުކުރަމުންނެވެ. 


6 އަންހެނަކާއި 6 ފިރިހެނަކު ހައްދުޖަހާފައިވަނީ އާންމުތަންތަނުގައި ބައްދައި އޮޅުލައި ދޮންދިނުން ފަދަ ކަންކަން ކޮށްގެންނެވެ. އިތުރު ފިރިހެނަކު ހައްދުޖަހާފައިވަނީ ފިރިހެނަކާއިއެކު އެކަހެރިތަނެއްގައި ގިނަ ވަގުތުތަކެއް ހޭދަކުރުމުގެ ކުށުގައެވެ. ހައްދުޖަހަން ޖެހޭ މާބަނޑު އަންހެނަކު ހައްދުޖެހުން ވަނީ ވިހަންދެން ލަސްކޮށްފައެވެ. 


ހައްދުޖެހި 13 މީހުންނަކީ ވެސް އުމުރުން 21 އަހަރާއި 30 އަހަރާއި ދެމެދުގެ މީހުންނެވެ. 


ޝަރުޢީ ދާއިރާގެ އޮފިޝަލަކު ވިދާޅުވީ ހައްދު ޖެހުމަކީ އުފަލުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ މާތްﷲގެ އަމުރުފުޅެއް ކަމަށްވުމުން ތަންފީޒުކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އުންމީދު ކުރައްވަނީ އިތުރު ބައަކު ހައްދު ޖަހަން ނުޖައްސާނެ ކަމަށް ކަމަށެވެ. 


ހައްދު ޖެހުމަކީ އަމިއްލައަށް ލިބިގަންނަ އަދަބެއް ކަމަށާއި އެތައް މިލިއަން މީހުންގެ ތެރެއިން މަދު އަދަދެއްގެ ބައަކު ހައްދު ޖަހަން މިޖެހެނީ އެމީހުން އަމިއްލައަށް އެކަން ބޭނުންވެގެން ހައްދުޖަހަން ޖެހޭ ކަންކަން ކުރާތީ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. 

މިއަދު އޮންލައިން