އަތް ކެނޑުމަށްފަހު ނިތް ކުރީގަ "މަމީ ވަގެއް" ކަމަށް ލިޔެފަ ތިބި 6 މީހުން އިތުރު އަތްތަކަކާއިއެކު ފެނިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އަތް ކެނޑުމަށްފަހު ނިތް ކުރީގަ "މަމީ ވަގެއް" ކަމަށް ލިޔެފަ ތިބި 6 މީހުން އިތުރު އަތްތަކަކާއިއެކު ފެނިއްޖެ

އަތް ކެނޑުމަށްފަހު ނިތްކުރީގައި "މަމީ ވަގެއް" ކަމަށް ލިޔެ މަގުމައްޗަށް އެއްލާލާފައި ތިބި 6 މީހަކު އިތުރު އަތްތަކަކާއިއެކު މެކްސިކޯގެ މަގެއްގެމަތިން ފެނިއްޖެއެވެ. އިތުރު އަތްތައް ހުރީ ޕްލާސްޓިކް ޑަސްޓްބިން ކޮތަޅަކަށް އަޅާފައި އެމީހުންގެ ކައިރީގައި ބަހައްޓާފައެވެ. 


ފުލުހުން ބުނީ މި މީހުންގެ އިތުރުން މަރާލާފައި އެކަކު ފެނިފައިވާ ކަމަށާއި ނަމަވެސް އޭނާގެ އަތް ކަނޑާފައި ނެތް ކަމަށެވެ. އަދި މިއެންމެންނަކީ ޑްރަގުގެ ވިޔަފާރިކުރުމާއި ވައްކަންކުރުން ފަދަ ކަންކަން ކުރާ ޖަމާއަތަކަށް ނިޞްބަތްވާ ބައެއް ކަމަށެވެ. 


އެމީހުންގެ ކައިރީގައި ބާއްވާފައިވާ ނޯޓެއްގައި ބުނެފައިވަނީ އެކަންކުރީ ވައްކަންކުރުން ހުއްޓުވަން މަސައްކަތްކުރާ "އެންޓި ތީފް އެލީޓް ގްރޫޕް"ގެ ފަރާތުން ކަމަށެވެ. 


މި މީހުންގެ ހަށިތައް ފެނުނު ސަރަހައްދަކީ ޑްރަގުގެ މައްސަލަތައް ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެ ވައްކަމާއި ފޭރުމާއި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ އަމަލުތައް އިތުރުވެފައިވާ ސަރަހައްދެކެވެ. 


ފުލުހުން ބުނީ ފެނުނު 6 މީހުން އަދި މަރުނުވާ ކަމަށާއި ނަމަވެސް ޙާލު ވަރަށް ސީރިއަސް ކަމަށެވެ. 

މިއަދު އޮންލައިން