އިންޑިއާގެ ބެންގާލްގެ އަވަށެއްގައި އަންގާރަ ދުވަހު މުޙައްރަމް އެއްވުމަށް އެތައް ސަތޭކަ ބައަކު އެއްވެފައިވަނިކޮށް އެތަނަށް ބޮމެއް އެއްލުމުން އުފެދުނު މައްސަލަ ހޫނުވެ އެތައް ބައަކުމަރުވެ އެތައް ބައެއްގެ ގެދޮރާއި ގިނަ އަދަދެއްގެ ފިހާރަތަކާއި މުދާ އަންދައި ލޫޓުވައިފިއެވެ.
ފުލުހުން ބުނީ މިކަމުގައި މަރުވިމީހުންގެ އަދަދު އަދި ނުއެނގޭ ކަމަށާއި މަދުވެގެން 30 ގެއާއި ގިނަ ފިހާރަތައް އަންދައި އަދި ލޫޓުވާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ބޮން އެއްލި ނަމަވެސް ނުގޮވާ ކަމަށާއި އަދި އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ނުލިބުނު ނަމަވެސް އެކަންކުރީ ހިންދޫންކަމަށް ބަލައި މުސްލިމުންގެ ބައަކު ރުޅިގަދަވެ ހިންދޫންނަށް ޖަމަލާ ދިނީ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ހިންދޫންވެސް ނުކުތީ ކަމަށެވެ.
މުސްލިމުން ބުނަނީ މުސްލިމުންގެ ކަމެއް ފާހަގަކުރާނަމަ ހިންދޫންނަށް އެކަން ހަޖަމް ނުކުރެވޭ ކަމަށެވެ. އެތަނަކަށް ކޮންމެވެސް ހަމަލާއެއް ނުދީ މަޑުން ނުތިބެވޭ ކަމަށެވެ.
ފުލުހުން ބުނަނީ ހަމަނުޖެހުންތައް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އިތުރު ހަމަނުޖެހުމެއް ހިންގިއަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.