އިއްފަތްތެރިކަމަށް އަރައިގަތް މީހާ ޖަލަށް ލުމުން އަނިޔާ ލިބުނު މީހާއަށް ލިބޭ ބަދަލަކީ ކޮބާ! އިންޞާފް ހޯދައިދީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އިއްފަތްތެރިކަމަށް އަރައިގަތް މީހާ ޖަލަށް ލުމުން އަނިޔާ ލިބުނު މީހާއަށް ލިބޭ ބަދަލަކީ ކޮބާ! އިންޞާފް ހޯދައިދީ!

ދެ ފިރިހެނަކުވެގެން ރޭޕްކުރި އަންހެނަކު ބަލިވެ އިނުމުން ބައިލވެ އިނީ ކާކަށްކަން ކަނޑައެޅުމަށްޓަކައި ޑީއެންއޭ ހެދުމަށް ދުބާއީގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ. 


ދުބާއީގައި މަސައްކަތްކުރާ ޕާކިސްތާނުމީހަކާއި ދުބާއީގެ މީހަކާއި ގުޅިގެން ދުބާއީގައި މަސައްކަތްކުރާ ފިލިޕިންސްގެ އަންހެނަކާއި ގަދަކަމުން ޖިންސީ ގުޅުން ހިންގީ ދުބާއީ މީހާގެ ކާރުގައެވެ. ޕާކިސްތާނު މީހާ އަންހެންކުއްޖާ އާއި ސޯޝަލް މީޑިއާގައި ރައްޓެހިވުމަށްފަހު ރަނގަޅު ތަނަކަށް ކާންގެންދިއަ މަގުމަތީގައެވެ.


މިމައްސަލައިގައި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ އަދަބެއްހެ ގޮތުން ދެ ފިރިހެނުންނަށްވެސް ފަނޑިޔާރު ޙުކުމް ޖުރީ ކޮންމެ މީހަކު އެންމެ 1 އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. އެކަމާއި ގުޅިގެން އަންހެން މީހާގެ ފަރާތުން ބުނީ ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން އޭނާ އިނީ ބަލިވެކަމަށާއި އެކަމަކީ އޭނާގެ މުޅި އުމުރަށް ލިބުނު ގެއްލުމަކަށްވާތީ އެކަމަށް ބަދަލުލިބެން ޖެހޭނެ ކަމަށެވެ. 


އޭނާ ބުނީ ހުރިހައި ގެއްލުމެއް ލިބުނީ އޭނާއަށް ކަމަށާއި އެ ދެމީހުން ޖަލަށް ލުމުން އޭނާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމަށެވެ. އެހެންކަމުން އޭނާއަށް އެކަށީގެންވާ ބަދަލެއް ލިބެންޖެހޭނެ ކަމަށެވެ. 


ފަނޑިޔާރު އެންގީ ބަދަލު ހޯދުމުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމަށާއި ހުށަހަޅާއިރު ދަރިފުޅުގެ ޑީއެންއޭ ރިPޯޓަކާއިއެކު ހުށަހެޅުމަށެވެ. 


ހަޤީޤަތުގައި އެ އަންހެން މީހާ އެ ހުށަހެޅީ ވަރަށް މުހިންމު މައްސަލައެކެވެ. ގަދަކަމުން ޖިންސީ ގުޅުން ހިންގާ މީހުން ހައްޔަރުކުރުމަކުން އެކަނި ނުފުދެއެވެ. އެކަމުގެ ސަބަބުން އަނިޔާ ލިބުނު މީހާއަށް ލިބުނު އަނިޔާއަށް ބަދަލުދޭންޖެހޭނެއެވެ. 


އަންހެން ކުއްޖަކަށް ނުވަތަ އަންހެނެކަށް އެންމެ މުހިންމު އެއްކަމަކީ އޭނާގެ އިއްފަތްތެރިކަމެވެ. އޭނާގެ ފިރިމީހާއަށް ދެވޭނެ އެންމެ އަގު ބޮޑު ހަދިޔާއަކީވެސް އިއްފަތްތެރިިކަމެވެ. ފިރިމީހާ އެންމެ ބޭނުންވަނީވެސް އިއްފަތްތެރިކަމެވެ. އެހެންކަމުން އެފަދަ ބޮޑު ގެއްލުމެއް ދިނުމުން އެކަމުގެ އަދަބަކަށް ޖަލަށް ލުމަކީ ހައްލެއް ނޫނެވެ. އިންޞާފުވެރި ގޮތަކީ އެކަމަށް ޙައްޤު ބަދަލެއް ނަގައި ދިނުމެވެ. 

މިއަދު އޮންލައިން