ކޮއްޔަ ނަސީމް ނިޔާވެއްޖެ

އަހުމަދު
ކިޔުމަށް ހޭދަވާނީ 43ސ
ކޮއްޔަ ނަސީމް ނިޔާވެއްޖެ

ދިވެހި ފުޓްބޯޅަ ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މއ.ޕެރިސްގޭ އަލީ ނަސީމް (ކޮއްޔަ ނަސީމް) ރޭ ފަތިހު ނިޔާވެއްޖެއެވެ.


ކުޅިވަރަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން އާއްމު ހިދުމަތުގެ އިނާމް ހާސިލް ކުރައްވާފައިވާ ކޮއްޔަ ނަސީމް ނިޔާވިކަން އާއިލާއަށް އެނގުނީ ފަތިސް ނަމާދަށް ހޭނުލެއްވުމުންނެވެ.


ރާއްޖޭގެ ހުރިހާ އުމުރު ފުރާތަކެއްގެ ގައުމީ ޓީމުތަކުގެ މެނޭޖަރުކަން ކުރައްވާފައިވާ ކޮއްޔަ ނަސީމަކީ ހުރިހާ އުމުރެއްގެ މީހުންނާއި ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ބޭފުޅެކެވެ.  1997 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި އިރާނުން ރާއްޖެ ކޮޅަށް 17 ލަނޑު ޖެހިއިރު ގައުމީ ޓީމުގެ އެސިސްޓެންޓް މެނޭޖަރަކީ ކޮއްޔަ ނަސީމެވެ. 


ކޮއްޔަ ނަސީމުގެ މައްޗަށް ކަށު ނަމާދު ކުރުން އޮތީ މިއަދުގެ މެންދުރު ނަމާދަށްފަހު ފުރުޤާން މިސްކިތުގައެވެ.

މިއަދު އޮންލައިން