ތަޢުލީމަކީ.....

ކިޔުމަށް ހޭދަވާނީ 1މ 14ސ
ތަޢުލީމަކީ.....

ތޫނުފިލިކަން ވިސްނުމާ ފިކުރުގެ އެއީ ތަޢްލީމަކީ


             ދޫނުކޮށް ނުގުޑާ ޢަޒުމުގައި ދެމިހުރުން ތަޢްލީމަކީ


ރޭރުނުވެ މި ޙަޔާތުގައި ހަމަލާތަކުން ރެކި ކުރިމަގުން


            ފޭރުމާ ޓެކުމުން ތިމާ ދުރުގައި ހުރުން ތަޢްލީމަކީ


ޙިކުމަތާ ހުނަރުގެ ވަށިން ދީލަތި އެހީދީ އަނެކުނަށް


           ފިކުރުގައި ތަހުޒީބު ފެންއާރެއް ހިނގުން ތަޢްލީމަކީ


ހެޔޮނިޔަތުގައި ޚިދުމަތެއް ގައުމަށް ވަފާތެރިކަންމަތީ


            ހެޔޮހިތުން ޢަމަލާ ބަހުން ދިނުމޭ އެއީ ތަޢްލީމަކީ


ދީނުގައިވާ ތެދުމަގުން ޤުރްއާނުގައި އެންގެވި ގޮތަށް


           ބީނުވާނޭގޮތް ބަލައި  ކުރިޔަށް ދިއުން ތަޢްލީމަކީ


ފެށި ޒަވާޖީ ސިލްސިލާ ނެތި ބޭވަފާ ދީގެން ވަފާ


          ފެށި އޮމާންކަމުގައި ބަދަހިކޮށް ނިންމުމީ ތަޢްލީމަކީ


ކުރިމަގުން ބައްޓަންކުރާ ގައުމުގެ ދަރީން ހާނައި މޮޅަށް


       ކުރިއަރަން އެކިފަންނުގައި ހިތްވަރު ދިނުން  ތަޢްލިމަކީ


ދާމަގުން ހަމަ ކޮންމެ ހުރަހެއް ކޮށްލުމަށް ޖެހުނަސް ގިރާ


        ވާ! މަ ފަހަތަށް ނުޖެހެމޭ ބުނެ ކޮށްލުމޭ  ތަޢްލީމަކީ


ފިތުނައިން މީހާ ކިލަނބުނުވެ ހަސަދައިން ހިތްސާފުކޮށް


          މިތުރުނާ އަދި ހަތުރުނަށްދޭ ލޯބި އޭ  ތަޢްލީމަކީ


ދަތުރު ނިންމާ ފާލަމުން ދާން ބަނދެލެވޭ ފޮށިތަންމަތިން


        ދަތުރު އެހަޔާތުން ލިބުން ސުވަރުގެ އެއީ ތަޢްލީމަކީ

މިއަދު އޮންލައިން