ވިކްޓަރީ ރެލިގޭޝަން ކުޅެއްން ޖެހިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ވިކްޓަރީ ރެލިގޭޝަން ކުޅެއްން ޖެހިއްޖެ

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި އިއްޔެ ހަވީރު ބީޖީ ސްޕޯޓްސް ކްލަބު އަތުން 1-0 އިން ބަލިވުމުން ވިކްޓަރީ ސްޕޯޓްސް ކްލަބު ރެލިގޭޝަން ކުޅެން ޖެހިއްޖެއެވެ.


ރާއްޖޭގެ ފުޓްބޯޅައިގައި ދެވަނައަށް އެންމެ ކާމިޔާބު ކްލަބު ވިކްޓަރީ ރެލިގޭޝަން ކުޅެން ޖެހުނީ ލީގުގައި ދެން އެޓީމަށް ބާކީ މެޗެއް ނެތުމާއެކު ލީގުގެ 6 ވަނައިގައި އޮތް ވެލެންސިޔާއާ އަރައި ހަމަކުރެވެން ނެތުމުންނެވެ. އަށް ޓީމު ވާދަކުރާ ލީގުގައި ވިކްޓަރީ  ހަތް ވަނައިގައި އޮތީ 19 ޕޮއިންޓާއެކުއެވެ. ވެލެންސިޔާ ހަވަނައިގައި އޮތީ 20 ޕޮއިންޓާއެކުއެވެ. ލީގުގެ ފުލަށް ދިޔުމުގެ ސަބަބުން ބީޖީ ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައެވެ.


ރެލިގޭޝަން ޕްލޭއޯފްގައި ވިކްޓަރީ ބައްދަލު ކުރަން ޖެހޭނީ ދެވަނަ ޑިވިޝަނުގެ ރަނައަޕް ޓީމާއެވެ. މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ޑިވިޝަނުގެ ފައިނަލުގައި ބައްދަލު ކުރާނީ ޒެފްރޯލް އާއި ގްރީން ސްޓްރީޓެވެ.


ވިކްޓަރީގެ ތާރިހުގައި އެޓީމް ވަނީ މިހާތަނަށް 2 ފަހަރު ރެލިގޭޝަން ކުޅެފައެވެ. އެއީ 1995 ވަނަ އަހަރާއި 2013 ވަނަ އަހަރުއެވެ. އެދެފަހަރުވެސް ވިކްޓަރީ ވަނީ ރެލިގޭޓް ނުވެ ސަލާމަތްވެފައެވެ. 


ލީގުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ކްލަބު ވެލެންސިޔާ އާއި ޓީސީއެވެ. މިރޭ ބައްދަލު ކުރާނީ ލީގް ޗެމްޕިއަން މާޒިޔާ އާއި އީގަލްސްއެވެ.

މިއަދު އޮންލައިން