60 އަހަރުވީއިރުވެސް ފަލަސްޠީނު ރައްޔިތުންގެ ވޭންތަކަށް ހައްލެއް ނުހޯދޭތީ ޝޫރާ މަޖިލީހުން ކަންބޮޑުވުން ފައުޅުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
60 އަހަރުވީއިރުވެސް ފަލަސްޠީނު ރައްޔިތުންގެ ވޭންތަކަށް ހައްލެއް ނުހޯދޭތީ ޝޫރާ މަޖިލީހުން ކަންބޮޑުވުން ފައުޅުކޮށްފި

60 އަހަރުވީއިރުވެސް ފަލަސްޠީނު ރައްޔިތުންގެ ވޭންތަކަށް ހައްލެއް ނުހޯދޭތީ ޝޫރާ މަޖިލީހުން ކަންބޮޑުވުން ފައުޅުކޮށްފިއެވެ.


ސައުދިއަރަބިޔާގެ ޝޫރާ މަޖިލީހުގައި މިކަމަށް ޝުޢޫރު ފައުޅުކުރައްވަމުން ބައެއް މެންބަރުން ވިދާޅުވީ ފާއިތުވި 60 އަހަރުގެ ކޮންމެ ދުވަހަކީވެސް ފަލަސްތީނު ރައްޔިތުންގެ ލޮލުން ކަރުނަ ނުހިކޭ ދުވަސްތަކެއް ކަމަށެވެ. 


ބައެއް މެންބަރުން ވިދާޅުވީ މައްސަލައަށް ހައްލެއް އައުމުގެ ބަދަލުގައި މައްސަލަ ދަނީ ދުވަހުން ދުވަހަށް ގޯސްވަމުން ކަމަށެވެ. އިތުރު ބިންތައް އަތުލައި އިތުރު އިމާރާތްތައް އަޅަމުން ކަމަށެވެ. އިތުރު ފިއްތުންތައް ކުރިމަތިކުރުވަމުން ކަމަށެވެ. 


ގިނަ އަދަދެއްގެ މެންބަރުން ވަނީ މައްސަލައަށް އަވަސް ހައްލެއް ނުހޯދިއްޖެނަމަ ދެން ދުވަހަކުވެސް ފަލަސްޠީނު މިނިވަން ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މަސްޖިދުލްއަޤްޞާ މުސްލިމުންނަށް ގެއްލިގެން ހިނގައިދާނެ ކަމާއިމެދުވެސް ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. 

މިއަދު އޮންލައިން