ވިހަން ބަނޑުގާ ރިއްސަނިކޮށް ހިނގަން ޖެއްސުމުން ދަރިވެއްޓި މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ވިހަން ބަނޑުގާ ރިއްސަނިކޮށް ހިނގަން ޖެއްސުމުން ދަރިވެއްޓި މަރުވެއްޖެ

ވިހަން ބަނޑުގައި ރިއްސަމުންދިއަ އަންހަނަކު ވިއްސާ ކޮޓަރިއަށް ގެންދިއުމަށް ހިނގަން މަޖުބޫރުކުރުމުން ހިނގަނިކޮށް ބަނޑުން ދަރިފުޅު ވެއްޓި ތަޅުމުގައި ޖެހި ދަރިފުޅު މަރުވެއްޖެއެވެ. 


މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ ބިހާރުގެ މުޒައްފަރުޕޫރުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލެއްގައެވެ. 


ޕޫޖާ ދޭވީގެ އާއިލާ އިން ބުނެފައިވަނީ ޕޫޖާ ދޭވީ އެޑްމިޓްކޮށްފައި އޮންނަތާ ދެ ދުވަސް ވެއްޖެ ކަމަށާއި ލޭބަރ ރޫމަށް ގެންދަން އޭނާ ހިންގުވީ ނަރުސްކުދިންގެ އެހީތެރިކަމާއިއެކު ކަމަށެވެ. އަދި ހިންގަނިކޮށް ކުއްލިއަކަށް ދަރިފުޅު ވެއްޓުނީ ކަމަށާއި މަރުވީ ތަޅުންގަނޑުގައި ބޯޖެހި ބޮލަށް ލިބުނު ގެއްލުމުގައި ކަމަށެވެ.


އޭނާގެ ފިރިމީހާ ބުނީ ބަނޑުގައި އެހައި ގަދައަށް ރިިހުން އަޅަމުން ދާތީ ސްޓްރެޗަރުގައި ގެންދިއުމަށް އޭނާ އެދުނުކަމަށާއި ނަމަވެސް ނަރުސްކުދިން އެކަމަށް ސަމާލުކަން ނުދިނީ ކަމަށެވެ. 


ދަރިފުޅުމަރުވުމާއި ގުޅިގެން އަނބިމީހާ ރޯން ފެށުމުން ފިރިމީހާ ބުނިކަމަށްވަނީ މިހުރިހައި ކަންމެދުވެރިވީ އަނބިމީހާ 3 ވަނަ ދަރިފުޅަކު ވިހަން އުޅުމުން ކަމަށެވެ.


ޞިއްޙީ އިދާރާއިން ގެންދަނީ މައްސަލަ ބަލަމުންނެވެ. ކޯޓުން ބުނެފައިވަނީ މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި މައްސަލަ ފުރިހަމައަށް ތަޙްޤީޤްކުރަން ޖެހޭނެ ކަމަށެވެ.

މިއަދު އޮންލައިން