އިންޓަރ އޮފީސް ނެޓްބޯޅަ މުބާރާތުގެ ފައިނަލުގައި 46-32 ޕޮއިންޓުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ބަލިކޮށް ދިވެހި ސިފައިންގެ ކްލަބު ޗެމްޕިއަންކަން ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާފަދަ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދިވެހި ސިފައިންގެ ކްލަބުގެ ލަޔާން އަލީ ރަޝީދެވެ.
ސިފައިން ޗެމްޕިއަންކަން ހޯދިއިރު މުބާރާތުގެ ތިންވަނަ މަގާމް ހޯދީ އާސަންދަ ކޮމްޕެނީ ލިމިޑެވެ. އާސަންދަ 3 ވަނަ ހޯދީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަގެ މައްޗަށް 30-22 ޕޮއިންޓުން ކުރި ހޯދައިގެންނެވެ.
މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ ލަޔާން އަލީ ރަޝީދާއި އަމީނާ އަލީ އާއި ޝިފްނާ އަބްދުއް ލަަތީފާއި އެއާޕޯޓްސް ކޮމްޕެނީގެ އީމާ އަބްދުއް ސައްތާރާއި އާޒިނާ އަބްދުލް މަތީން އާއި އާސަންދަ ކޮމްޕެނީ ލިމިޓެޑުގެ ފާތިމަތު ނައުފާ އާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓަރަކްޗަރގެ އައިޝަތު ހަނާން ހުސައިންއެވެ.
އިންޓަރ އޮފީސް ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ކުޅުން މިއަދު ފަށާއުރި ފުރަތަމަ ޑިވިޝަނުގައި ވާދަކުރާނީ ދެވަނަ ޑިވިޝަނުގެ އެންމެ ގަދަ 4 ޓީމާއި މޯލްޑިވްސް އިމިގްރޭޝަނާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ. ފުރަތަަމަ ޑިވިޝަން ކުރިއަށްދާނީ ލީގު އުސޫލުން އެއްބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ 4 ޓީމު ސެމީފައިނަލަށްދާ ގޮޮތަށެވެ.